ސުޕަނެޗުރަލް ތުރިލާ ”ނާގިން 5“ އަކީ ޓީވީ ޝޯވތަކުން އެންމެ އިންތިޒާރު ކުރެވޭ އެއް ޝޯވއެވެ. ”ނާގިން“ ގެ 4 ވަނަ ސީޒަން ދައްކައި ނިމުމާއެކު ސީޒަން 5 ފަށާނެކަމަށް ވެއެވެ. އެގޮތުން މިހާރު ޝޯވގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް އަންނަނީ 5 ވަނަ ސީޒަންއަށް ތަރިން ހޮވުމުގެ މަސައްކަތްކުރަމުން ކަމަށްވެއެވެ.
”ނާގިން 5“ ގެ ތަރިންނާމެދު ގިނަ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައި އަނެއްކާވެސް މިއޮތީ އެހެން ތަރިއެއްގެ ވާހަކައެއް ދެކެވެން ފަށާފައެވެ. ޝޯވއާއި ގާތް ފަރާތަކުން ބުނެފައިވަނީ ”ޔޭ ހޭ މޮހައްބަތޭން“ ގެ ބަތަލު ކަރަން ޕަޓޭލްއަށް ނާގިން 5 ގެ ރޯލެއް ހުށަހަޅާފައި ވާކަމަށެވެ. ނާގިންގެ ކުރު ރޯލަކުން ކަރަން ފެންނަން އެކްތާ ބޭނުންވި ނަމަވެސް ކަރަން އަދި އެކަމަށް އާނބަސް ނުބުނާކަމަށް ވެއެވެ.
ކަރަން އެންމެ ފަހުން ފެނިފައިވަނީ ”ޔޭ ހޭ މޮހައްބަތޭން“ގެ ރަމަން ބައްލާގެ ރޯލުންނެވެ. އަދި ކަރަންއަކީ ރޯހިތު ޝެޓީގެ ސްޓަންޓް ޝޯވ ”ޚަތުރޯން ކޭ ކިލާޅީ 10“ ގެ ބައިވެރިއެކެވެ. އެ ޝޯވ ފެށިތަނާހެން ކޮވިޑް-19 އާ ގުޅިގެން ޝޯވ ވަނީ މެދުކަނޑާލާފައެވެ. ކަރަންގެ އެންމެ އަވަހަށް ފެންނާނެ މަސައްކަތަކީ އެއީއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




