ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަރަންއަށް “ނާގިން 5 ” ވެސް ހުށަހެޅި

އިންޑިޔާގެ ޓީވީ ސިލްސިލާތަކުން މަޤުބޫލުކަން ހޯދި ކަރަން ޕަޓޭލްއަށް “ނާގިން 5” ވެސް ހުށަހެޅިކަން އޭނާ ހާމަކޮށްފިއެވެ. އޭނާ އެކަން ހާމަކޮށްފައިވަނީ ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައެވެ.

“އާނ. ނާގިން 5 ވެސް އަހަރެންނަށް ހުށަހެޅި. އެކަމަކު ފަހުން އެކްތާ ނިންމީ އަހަރެން މރ. ބަޖާޖްއަށް ހަދަން.”

ކަރަން މިކަން ހާމަކޮށްފައިވާއިރު “ނާގިން 5” އަކީ އެ ސިލްސިލާއަކާއި ބެހޭގޮތުން މިހާރު އެންމެ ގަދައަށް ވާހަކަ ދެކެވޭ ސިލްސިލާކަން ފާހަގަކޮށްލެވެއެވެ.  ނާގިންގެ 5 ވަނަ ސީޒަންގެ ލީޑް ރޯލު ކުޅޭނެ ތަރިންނާ ބެހޭގޮތުން ތަފާތު ބަހުސްތަކެއް ހިނގާފައިވެއެވެ. އެ ބަހުސްތަކުގެ ތެރޭގައި ކަރަންވެސް ނާގިން 5 ގެ ރޯލެއް ކުޅޭނެކަމަށް ޚަބަރު ފެތުރުނެވެ.

ކަރަން “ކަސޯޓީ ޒިންދަގީ 2” ގެ ޝޫޓިންގ ފަށާފައިވާއިރު މީގެ ކުރިން ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ކަރަން ވަނީ އޭނާއަށް އަދި ކަސޯޓީގެ ލީޑް ރޯލު ކުޅޭ ޕަރްތު ސަމްތާންއާއި އެރިކާ ޕަނާންޑޭޒްއާއި ދިމާވެފައި ނުވާކަމަށް ބުނެފައެވެ. އަދި އޭނާއަށް އިހުސާސްކުރެވެނީ ޗުއްޓީއަކަށްފަހު މުޅިން އާ ބައެއްގެ ގާތަށް ދެވޭހެންކަމަށްވެސް ކަރަން ބުނެފައިވެއެވެ.

ފުރަތަމަ މރ. ބަޖާޖްގެ ރޯލު ހުށަހެޅުމުން ކުރެވުނު އިހުސާސްތައް ކިޔައިދެމުން ކަރަން ބުނެފައިވެއެވެ.

“ފުރަތަމަ މރ. ބަޖާޖްގެ ރޯލު ހުށަހެޅީމަ އަހަރެން ހިތަށް އެރީ އެއީ ވަރަށް އައިކޮނިކް ކެރެކްޓާއެކޭ ވަރަށް ޗެލެންޖިންގ ވާނެޔޭ. ފުރަތަމަ ރޯނިތު ރޯއީ އެ ރޯލު ކުޅުނީ. އޭގެ ފަހުން ކަރަން ސިންގ ގްރޯވަރ. ދެމީހުންވެސް ވަރަށް މޮޅަށް އެ ރޯލު ކުޅުނީ. އެހެންވެ، އާނބަސް ބުނުމުގެ ކުރިން އަހަރެން ވިސްނާލަން ދެތިން ދުވަސް ނެގިން. އޭގެ ފަހުން އާނބަސް ބުނީ.”

މި ހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރެއިން ފެށިގެން “ކަސޯޓީ ޒިންދަގީ ކޭ 2” ގެ އާ ބައިތައް ސްޓާ ޕްލަސްއިން ދައްކަން ފަށާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top