ކޮވިޑް-19ގެ ބަލިމަޑުކަމާއި ދެކޮޅަށް ދިވެހިން ކުރަމުންދާ މަސައްކަތުގައި އިސް ދައުރެއް އަދާކުރަމުން ގެންދަވާ ދިވެހި ފުލުހުންނަށް، ދިވެހި ފިލްމު އެސޯސިއޭޝަނުގެ ފަރާތުން އެހީތެރިވެދިނުމަށް ބައެއް ތަކެތި ހަވާލުކޮށްފިއެވެ.
މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދިވެހި ފިލްމު އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑު މެންބަރުން ފުލުހުންގެ އިދާރާއަށް ޒިޔާރަތްކޮށް ދިވެހި ފުލުހުންނަށް ސާޖިކަލް މާސްކް، އަންގި އަދި ސެނިޓައިޒަރ ވަނީ ހަވާލުކޮށްފައެވެ. މި ތަކެއްޗާއި ފުލުހުންގެ ފަރާތުން ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އެވެ. ފިލްމު އެސޯސިއޭޝަނުގެ ފަރާތުން ފުލުހުންނަށް އެހީގެ ތަކެތި އެރުވީ ބޮޑުގެ މެންބަރުން ކަމުގައިވާ މޯލްޑިވްސް ފިލްމު އެސޯސިއޭޝަން ގެ ޗެއާޕާސަންއަކީ ޝިވާޒް އަބްދުﷲ (މާސްކޭ)، ވައިސް ޗެއާ ނިއުމާ މުހައްމަދު، ޚަޒާންދާރު ޖާދުﷲ އިސްމާއީލް (ޖާދު) އެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން ގެ ފަރާތުން ފުލުހުންނަށް1000 ސާރޖިކަލް މާސްކް،1000 އަންގި އަދި100 ސެނިޓައިޒަރ ފުޅި ހަދިޔާކުރިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




