ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރަށްރަށުގައި ބޮޑުދުމާ ހިނގާތީ އެކަން ނުކުރަން އަންގައިފި

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖޭން ވެސް ފެނުމާ ގުޅިގެން ބައެއް ރަށްރަށުގައި “ބޮޑުދުމާ ހިންގުން” ފަދަ ކަންކަން ކުރިއަށްދާ ކަމަށާއި އެ ކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ލޯކަލް ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑް-19 އިން ސަލާމަތް ވުމުގެ ގޮތުން ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރިންސުރެ ސަގާފީ ގޮތުން ކުރަމުން އަންނަ ކަމެއް ކަމުގައިވާ “ބޮޑުދުމާ ހިންގުން” ނުވަތަ ޖަމާއަތެއްގައި މީހުން ތަކުބީރު ކިޔަމުން ހިނގަމުން އަންނަ ކަމަށް މިނިސްޓްރީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެއީ އިސްލާމް ދީނުގައި އޮންނަ ކަމެއް ކަން ޤުރްއާނުންނާއި ސުންނަތުން ސާބިތުވެފައި ނުވާ ކަމަކަށް ވާތީ އާއި މިފަދަ ހާލަތެއްގައި އެއްވެ އުޅެން ރައްކާތެރި ނުވާތީ އެ ކަން އެ ގޮތަށް ނުކުރުމަށް މިނިސްޓްރީން ނަސޭހަތްތެރިވާ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top