އައްޑޫސިޓީ ގަރާޖެއްގައި ވަޒީފާ އަދާ ކުރަމުން އަންނަ ލަންކާ ރައްޔިތަކު އިސްލާމްދީން ޤަބޫލުކުރި ވާހަކައަކީ އިއްޔެ އަޑުއިވިގެން ދިޔަ އުފާވެރި ޚަބަރެކެވެ.
އުމުރުން 51 އަހަރުގެ ރޯހަން ރާމަސިންހާ އިސްލާމްވީ ހިތަދޫ މަސްޖިދުއްތަޤްވާގައި މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހުއެވެ. އޭނާ އަށް ޝަހާދަތުގެ ދެ ކަލިމަ ލައިދެއްވީ އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދެވެ. އޭނާ ޝަހާދަތް ކިއުމާއި އެކު އެވަގުތު މިސްކިތުގައި ތިބި މީހުން އޭނާ އަށް ވަނީ މަރުހަބާ ކިޔާފައެވެ.
އިސްލާމް ވުމަށްފަހު ރޯހަން ރާމަސިންހާގެ ނަން ޙުސައިން ޔޫސުފް އަށް ބަދަލުކުރިއެވެ.
ރޯހަން ރާމަސިންހާ އަށް އިސްލާމް ދީން ދަސްކޮށްދިނުމުގައި އެހީތެރިވެދިން އެކަކީ ހިތަދޫ މިސްކިތެއްގެ އިމާމެއް ކަމުގައިވާ މުހައްމަދު ނިޔާޒެވެ.
ރޯހަންގެ އާއިލާގެ މީހުންގެ ވެސް އޭނާގެ ނިންމުމަށް ރުހިފައިވާ ކަމަށާއި، އޭނާ އެނބުރި ޤައުމަށް ދިއުމުން އެމީހުން ވެސް އިސްލާމްވާނެ ކަމަށް އޭނާ ބުނެފައިވާ ކަމަށް ނިޔާޒު ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!