މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރަމުންދާ ފަތާ ޓްރެކްތަކުގެ ތެރެއިން އައްޑޫ ސިޓީ މީދޫގައި ގާއިމުކުރި ފަތާ ޓްރެކް ބޭނުން ކުރަން ފަށައިފިއެވެ.
މިކަން ހާމަ ކުރައްވަމުން ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީ މީދޫގެ ފަތާ ޓްރެކް ނިމިފައިވާ ކަމަށާއި އެކަން ކުރުމަށް ޓަކައި އެ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް އާއި ސްވިމިންގ އެސޯސިއޭޝަން އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ހަމަައެހެންމެ، އައްޑޫ ސިޓީގެ ފޭދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފަތާ ޓްރެކްގެ މަސައްކަތް ވެސް، ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ފޭދޫ ޓްރެކް ގާއިމުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ އެ ރަށަށް ފޮނުވާފައެވެ.
ފެތުމަކީ ރާއްޖޭގެ ރައްޔިތުންގެ ދިިރިއުޅުމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކުޅިވަރެއްކަން ފާހަގަކުރައްވައި، ގިނަ އަދަދެއްގެ ބަޔަކު ކުޅިވަރެއްގެ ގޮތުގައި ފެތުމުގައި ޝާމިލްވާތަން ފެންނަމުންދާތީ، އެކަމާ އުފާކުރައްވާކަމަށް މިނިސްޓަރ މަޙްލޫފް ވަނީ ވިދާޅުވެފައެވެ.
Swimming has always been a way of life for most Maldivians.Good to see more people taking up 🏊♀️ as a sport & as a part of their lifestyle.Thank @MDVswim,MP @Roxeyna & City Council for their support in completing S.Meedhoo’s track.Hoping to start installation of Feydhoo track soon pic.twitter.com/zNDqEB2p18
— Ahmed Mahloof (@AhmedMahloof) June 21, 2020
ޔޫތު މިނިސްޓްރީ އާއި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތާ ޓްރެކް ގާއިމުކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން މިހާތަނަށް ހދ. ކުުޅުދުއްފުުުއްޓާއި، ހއ. ދިއްދޫގައި ފަަަތާާ ޓްރެކް ގާާާއިމުކޮށް ނިިިމިިިފައިވާކަަަންް ފާހަގަކޮށްލެވެއެވެ.
