ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްކޫލްތަކަށް ބޭނުންވާ 500 ތާމޯމީޓަރު ހޯދުމަށް ކުރެވުނު އިޢުލާން ބާތިލުކޮށްފި

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ސްކޫލުތައް ބަންދުކޮށްފައި އޮތްއޮތުމަށް ނިމުމެއް ގެނެސް “ނިއުނޯމަލްގައި” ޖުލައި އެއްވަނަ ދުވަހު ސްކޫލުތައް ހުޅުވުމަށްޓަކައި، ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ސްކޫލުތަކަށް ބޭނުންވާ ޑިޖިޓަލް އައިއާރު ތާމޯމީޓަރ ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކޮށްފައިވާ އިޢުލާނު ( IUL)22-PU/22/2020/52) ބާތިލުކޮށްފިއެވެ.

އެ އިޢުލާން ބާތިލުކޮށް މިއަދު އެ މިނިސްޓްރީން ނެރެފައިވާ އިޢުލާނުގައިވަނީ، ސްކޫލުތަކުގެ ކިޔެވުން ފެށުމުގެ ކުރިން ތާމޯމީޓަރުތައް ސްކޫލްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާތީ، ހުށަހަޅާފައިވާ ބީލަންތަކުގައި ތަކެތި ސަޕްލައިކުރުމަށް ބީލަންވެރިން ހުށަހަޅާފައިވާ މުއްދަތުގައި އެ ތަކެތި ހޯދުމަށްފަހު އަތޮޅުތެރޭގެ ސްކޫލްތަކަށް 2020 ޖުލައި 1 ގެ ކުރިން ފޮނުވޭނެކަމަށް ނުފެންނަކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތާމޯމީޓަރު ހޯދުމަށް އިޢުލާންކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. މިވަގުތަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ ޤައުމުތަކެއްގެ ބޯޑަރުތައް ބަންދުކުރެވިފައިވާ ވަގުތަކަށްވެފައި މިފަދަ ތަކެތި ބޭރު ޤައުމުތަކުން ގެނައުމުގައި ބީލަންވެރިންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top