ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސްގެ އެގްޒެކްޓިވް ކޯޑިނޭޓަރ ޢަބްދުﷲ މުއާޒް ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ. މީގެ ކުޑައިރުކޮޅެއް ކުރިން މުއާ ގެ ފޭސްބްކް ގައި ކުރެއްވި އަދާހަމައެއްގައި ބުނީ “މިއަދުން ފެށިގެން އަޅުގަނޑު އެންސީއޭ ގެ އެގްޒެކްޓިވް ކޯޑިނޭޓަރ ގެ މަޤާމުން އިސްތިޢުފާ ދީފިން.” މިހެން ނެވެ. މީގެ އިތުރުން މުއާ ބުނީ ކޮންމެ އިންސާނަކަށްވެސް ﷲ ރަޙްމަތް ލައްވާނެ ކަމަށެވެ.
މުއާ ކޮށްފައިވާ އަދާހަމައަށް ރައްދު ދެމުން ފިލްމީ ތަރި ނިއުމާ ވަނީ އެކަމާއި ހައިރާން ވުން ފާޅުކޮށްފައެވެ. ދާދިފަހުން ރާއްޖެ ޓީވީގެ ކުލަ ސްކްރީން ޕްރޮގްރާމަށް ޢަލީ ސީޒަން ދިން އިންޓަވިއު އެއްގައި ބުނީ މުއާ އަކީ ދަތް ނެތް މީދަލެއް ކަމަށާއި މުއާ އަށް ކަންތައްތައް ކުރެވެން އޮތް ދުވަސްވަރު ފިލްމީ ދާއިރާ އަށް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައި ވާކަމަށެވެ.
ފިލްމީ ދާއިރާގެ ގިނަ ފަންނާނުންތަކެއް ހަރަކާތްތެރިވަމުން އަންނަ ވައިބަރ ގްރޫޕަކުން މުނިއަވަސް އަށް ލިބިފައިވާާ ޗެޓްލޮގެއްގައި މަޝްހޫރު ބަޠަލާ ނިއުމާ މުޙައްމަދު ބުނެފައިވަނީ ‘ފަހަރެއްގައި މުއާ ގެ އިސްތިއުފާ ދިނުމުގައި މަޤުބޫލު ސަބަބެއް އޮންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.’ “އަދި ނޭނގޭނުން ކީއްވެގެން ކަމެއް ރިޒައިން ކުރީ.” ނިއުމާ ބުނެފައި ވެއެވެ.
ނިއުމާގެ ވާހަކަތަަކަށް ނިސްބަތްކޮށް އެ ޗެޓްލޮގުގައި މުއާ ބުނެފައި ވަނީ “އައި އޭމް އަ ހިއުމަން އެންޑް އައި ހޭވް އަ ހާޓް ދެޓްސް އޯލް” (އަހަންނަކީ އިންސާނެއް އަދި އަހަރެންގެ ވެސް ހިތެއް އޮވޭ.) މިހެންނެވެ.
ވަރަށް އިތުބާރު ހުރި މަސްދަރަކުން މުނިއަވަސް އަށް އެނގިފައިވާގޮތުން މުއާ އިސްތިއުފާ ދިނީ އެންސީއޭ ގައި އޭނާ އަދާކުރާ ވަޒީފާގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަން ކުރުމުގައި އެއްވެސް ބާރެއް ނެތުމުގެ ސަބަބުންނެވެ. އަދި މުއާގެ އިތުރުން ބައެއް އެހެން މީހުންވެސް ވަރަށް ފަހުން އެންސީއޭ އިން އިސްތިއުފާ ދީފައި ވާކަމަށްވެސް އެފަރާތުން ބުނެއެވެ.
ކުއްލި ގޮތަކަށް އެންސީއޭ އިން މުއާ އިސްތިއުފާ ދީފައި މިވަނީ ފިލްމީ ދާއިރާގައި ދެވޭ އެންމެ މަތީ އެވޯޑް ކަމަށްވާ ދިވެހި ފިލްމު އެވޯޑް ގެ ނޮމިނޭޝަންތައް އިއުލާނު ކުރުމަށްފަހު މަގާމުތައް ހޮވާފައިވާގޮތާއި މެދު ފިލްމީ ދާއިރާ އާއި އާއްމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި