ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 22 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިކަން ހާމަކުރަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 22 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހީންނާއި، ބަނގުލަދޭޝްގެ 13 މީހުންނާއި، އިންޑިއާގެ މީހެއް ކަމަށެވެ.
✳️ COVID-19 Case Updates
As of 06:00 PM
Confirmed an additional 22 cases of COVID-19 infections in Maldives
– 08 Maldivians
– 13 Bangladeshis
– 01 IndianTotal number of cases: 2,260 pic.twitter.com/eRYAj4KReL
— Health Protection Agency (@HPA_MV) June 24, 2020
މިއާއެކު، ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2260 އަށް އަރާފައެވެ. މިއަދު ރަނގަޅުވި 10 މީހުންނާއި އެކު، ކޮވިޑް-19 އިން ޝިފާ ލިބުނު މީހުންގެ އަދަދު ވަނީ 1839 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް މިވަގުތު ފަރުވާދެމުން ދަނީ 408 މީހަކަށެވެ. އަދި މި ބަލީގައި މިހާތަނަށް 8 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 139 މީހުން ތިބިއިރު، 314 މީހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.
