ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޭޓީއެމް އިން ދެން ފައިސާ ލިބޭނީ ކާޑު ނެގުމުން!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ތަކުން ފައިސާ ނެގުމަށްޓަކައި ކާޑު ޖެހުމަށް ފަހު، ކާޑު ނެގުމުން ނޫނީ ފައިސާ ނުލިބޭގޮތަށް އެ ބޭންކުން ހަމަޖައްސައިފިއެވެ.

އެ ބޭންކުގެ ފަރާތުން މި ބަދަލު ގެނެސްފައި މިވަނީ ހަނދާން ނެތިގެން އޭޓީއެމް މެޝިންގައި ކާޑު ބާއްވާފައި ދެވޭ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މީގެކުރީގައި އެ މެޝިންތަކުން ކާޑު ނެގުމުގެ ކުރިން ފައިސާ ލިބެއެވެ. މިހެން މިކަން އޮތުމުގެ ސަބަބުން ގިނަ އަދަދެއްގެ ކަސްޓަމަރުންނަށް ހަނދާންނެތިގެން މެޝިންގައި ކާޑު ބާއްވާފައި ދެވުމުގެ މައްސަލަ ކުރިމަތިވާ ކަމަށާއި، އަދި މި ބަދަލު މި ގެނައީ ކަސްޓަމަރުންގެ ފީޑުބެކަށް ވެސް ބަލާފައިކަމަށް މިއަދު އެ ބޭންކުން ކުރި ޓްވީޓްގައި ބުނެފައިވެއެވެ.

ހަނދުމަނެތިގެން އޭޓީއެމް ތަކުގައި ބާއްވާފައި ދެވޭ ކާޑުތައް މެދުވެރިކޮށް އޮންލައިން ޓްރާންޝެކްޝަންތައް ހެދުމުގެ މައްސަލަތައް މީގެކުރިން ވެސް ދިމާވެފައި ވާކަމަށާއި، މި ބަދަލާއި ގުޅިގެން އެކަމަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް އެ ބޭންކުގެ ފަރާތުން މަޢުލޫމާތުދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top