ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުހައްމާގެ “ފުރަބަންދު” ސީރީޒްގެ ޓީޒަރ މިއޮތީ!

”ދެކެ ދެކެ ވެސް ޕްރޮޑަކްޝަން“ އިން އުފައްދާ ‘އައިސް ޓީވީން’ ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ސިލްސިލާ ޑްރާމާ ”ފުރަބަންދު“ގެ ޓީޒާ ފުރަތަމަ ފަހަރަށް މުނިއަވަސް މެދުވެރިކޮށް އާއްމުކޮށްފިއެވެ.

”ދެކެ ދެކެ ވެސް ޕްރޮޑަކްޝަން“ގެ ފަރާތުން މަޝްހޫރު ކެމެރާމަން އަދި އެޑިޓަރ ޢަލީ ރަޝީދު (ގޮޅާ އައްޔަ)، މުނިއަވަސް އަށް މިރޭ ބުނީ ސީރީޒްގެ އެޑިޓިން އާއި ޑަބިންގެ ހުރިހައި މަސައްކަތެއް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ބެކް މިއުޒިކްގެ މަސައްކަތް ކަމަށެވެ. އައްޔަ އިތުރަށް ބުނީ އަންނަ ޖުލައި މަހުގެ 03 ވަނަ ދުވަހުގެ ރޭ 21:00ގައި އައިސް ޓީވީން މި ސީރީޒް ދައްކަން ފަށާނެ ކަމަށެވެ.

ކޮވިޑް-19އާ ހެދި ގޭގައި ބަންދުވެގެން ތިބެން ޖެހުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ، ޖުމްލަ ފަސް އެޕިސޯޑްގެ ”ފުރަބަންދު“ގެ ލީޑްގައި މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަން ހަރަކާތްތެރިވާ އިރު، މި ސީރީޒް ޑައިރެކްކޮށްފައިވަނީވެސް ސީޒަން އެވެ.

https://www.facebook.com/588483497901727/posts/3037135293036523/?vh=e&d=n

ސީރީޒްގެ ސްކްރީންޕްލޭ ލިޔުނީ ގޮޅާ އައްޔަގެ އަންހެނުން އައިމިނަތު ރިނާޒާ އެވެ. މިއީ މުހައްމާގެ ކޮންސެޕްޓަކަށް އުފައްދާާފައިވާ “ފުރަބަންދުު”ގެ މަންޒަރުތައް ކެމެރާކުރީ ޝިވާޒް ޢަބްދުﷲ (މާސްކޭ) އެވެ. ސީރީޒްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރީ ގޮޅާ އައްޔައެވެ.

މުހައްމާ ޕްރޮޑިއުސްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 “ވަފާތެރި ކެހިވެރިޔާ” އެވެ. މި ފިލްމު ޑައިރެކްޓްކޮށް ލީޑް ރޯލް ކުޅުނީވެސް ސީޒަން އެވެ.

ގިނަ އަދަދެއްގެ ކުރު ފިލްމުތަކެއް އުފައްދައި ދިވެހި ފިލްމު އޯޑިއަންސްގެ ބޮޑު ތާއިދެއް ހޯދާފައިވާ “ދެކެ ދެކެ ވެސް” އިން ގެނެސްދިން އިތުރު ފީޗާ ފިލްމުގެ ތެރޭގައި “ނިއުމާ” އާއި “ހިތް ރޮއްވާނުލާ” ވެސް ހިމެނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
ސުނާމީ 2030
4 ގަޑިއިރު ކުރިން
ޒަލަފް – ފަހު ބައި
7 ގަޑިއިރު ކުރިން
Home
Menu
Search
Back to top