ލ. ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށާއި އެ ހޮސްޕިޓަލްގައި ޤާއިމް ކުރަމުންގެންދާ މ. ފ. ދ. ތ. ލ ރީޖަނަލް ކޮވިޑް ފެސިލިޓީ އަށް ބޭނުންވާ ގިނަ މެޝިނަރީޒްއާއި އިކުއިޕްމެންޓް އެ ހޮސްޕިޓަލަށް ހެލްތު މިނިސްޓްރީން ފޮނުވައިފިއެވެ.
ގަމު ހޮސްޕިޓަލަށް ފޮނުވި ތަކެތީގެ ތެރޭގައި ޑެންޓަލް ލެބަށް ބޭނުންވާ ޑިޖިޓަލް އެކްސްރޭ އާއި ކަށީގެ ފަރުވާ އާއި ލޮލުގެ ފަރުވާ އަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ލެޕެރޮސްކޮޕީ ސެޓު އަދި ކުޑަކުދިންނަށް ހާއްސަ ވެންޓިލޭޓަރު ހިމެނެ އެވެ.
ޓާޝަރީ ފެންވަރަށް ޚިދުމަތް ބަދަލުކުރަން ބޭނުންވާ ތަކެއްޗާއެކު، ގަމު ހޮސްޕިޓަލުގައި ގާއިމްކުރާ ރީޖަނަލް ކޯވިޑް ފެސިލިޓީއަށް ބޭނުންވާ ގިނަ މެޝިނަރީ އަދި އިކުއިޕްމަންޓް ވެސް ފޮނުވާފައެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރާއި ތަނަށް ބޭނުންވާ އެހެން މެޝިންތައް ހިމެނެއެވެ.
ހޮސްޕިޓަލަށް ގެންދިޔަ މެޝިނަރީތައް ބާލައި ހޮސްޕިޓަލާއި ހަމައަށް ގެންދިއުމުގައި އެހީތެރިވެދީފައިވަނީ ލ. ފޮނަދޫގައި ހުންނަ އެސްޓީއޯ134 ނަންބަރު ފިހާރައިގެ މުވައްޒަފުން ކަމަށް މަޢުލޫމާތު ލިބެއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ވެސް 11 ދާއިރާއެއްގެ ޚާއްސަ ޑޮކްޓަރުން ތިބެއެވެ.
ސަރުކާރުން ވަނީ ކޯވިޑް 19 ގެ ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޯވިޑް ފެސިލިޓީ ޤާއިމް ކުރުމަށް ނިންމާފައެވެ. މިމަސައްކަތުގެ ދަށުން މިހާރުވަނީ ގިނަ ތަންތަނުގެ މަސައްކަތުގެ ބޮޑުބައި ނިންމާ މެޝިނަރީޒްތައް ފޮނުވަން ފަށާފައެވެ. މީގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




