މަޝްހޫރު ފިލްމުތައް ކަމަށްވާ “ޖުރެސިކް ވޯލްޑް – ފޯލަން ކިންގްޑަމް” އަދި “ޖުމާންޖީ – ދަ ނެކްސްޓް ލެވެލް” ފަދަފިލްމްތައް ފަހަތަށް ޖައްސާލުމަަށްފަހު، ރާއްޖޭގައި ނެޓްފިލްކްސް ބަލާމީހުންގެ މެދުގައި އެންމެ މަޤުބޫލު 10 ފިލްމުގެ ލިސްޓުގެ އެންމެ ކުރީގައި މިހާރު އޮތީ “ބުލްބުލް”އެވެ. ނެޓްފްލިކްސްގައި ފިލްމު ރިލީޒްކުރީ މިމަހު 24 ގައެވެ.
ބޮލީވުޑްގައި މި ފިލްމަށް މާ އެދެވޭ ރިވިއުތަކެއް ލިބެމުންނުދިޔަ ނަމަވެސް، ފިލްމުގައި “ބުލްބުލް”ގެ ކެރެކްޓަރއިން ފެނިގެންދާ ތުރިޕާތީގެ އެކްޓިންނާ މެދު ގިނަ ބަޔަކު އަންނަނީ ތަައުރީފުކުރަމުންނެވެ.
ފިލްމު ”ބުލްބުލް“ގެ މުހިންމު ރޯލުތަކުގައި ހަރަކާތްތެރިވަނީ ތުރިޕްތީ ޑިމްރީ، އަވީނާޝް ތިވާރީ، ރާހުލް ބޯސް، ޕައޯލީ ޑޭމް އަދި ޕަރަމްބްރަޓާ ޗެޓަޖީ އެވެ. ފިލްމު ޕްރޮޑިއުސްކުރަނީ އަނުޝްކާ ޝަރްމާ އާއި އޭނާގެ ބޭބެ ކަރްނޭޝް ޝަރްމާގެ ’ކްލީން ސްލޭޓް ފިލްމްސް‘ އިންނެވެ.
“ބުލްބުލް”ގައި ގެނެސްދީފައިވަނީ އިންޑިއާގައި ވަރަށް އާއްމުވެފައިވާ އިޖްތިމާޢީ މައްސަލައެއްކަމަށްވާ ޅަ އުމުރުގައި އަންހެން ކުދިން މީހުންނާއި ދެވުން ނުވަތަ ޗައިލްޑް ބްރައިޑްގެ ޝިކާރައަކަށްވާ ކުއްޖަކު ބޮޑުވަމުންދާއިރު ދިމާވާ ތަފާތު ކަންތައްތަކެކެވެ. އަދި އިންޑިއާގައި ފްލޯކް ވާހަކެއްގެ ގޮތުގައި މަޝްހޫރުވެފައިވާ “ޗުޅޭލް”އާވެސް މި ފިލްމުގެ ޕްލޮޓް ކޮންމެވެސް ވަރަކަށް ވަނީ ގުޅުވާލާފައެވެ.
“ބުލްބުލް” އަކީ ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރުމާއާއި އޭނާގެ ބޭބެ ކަރްނޭޝް ޝަރުމާގެ ޕްރޮޑަކްޝަން ހައުސް “ކްލީން ސްޓޭޓް ފިލްމްސް” އިން ޕްރޮޑިއުސްކޮށް އުފެއްދި ސުޕަރނެޗުރަލް ހޮރޯރ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި