ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ތިއޭ މި ހިތުގެ ވިންދަކީ” ބައިސްކޯފަށް!

ފައްތާހު ގެނެސްދިން ސިލްސިލާތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ސިލްސިލާ “ތިއޭ މި ހިތުގެ ވިންދަކީ” ބައިސްކޯފުން ސްޓްރީމްކުރަން ނިންމައިފިއެވެ. މިއީ ޓީވީއެމް އިން ދެއްކި ސިލްސިލާ ޑްރާމާ ތަކުގެ ތެރެއިން ބެލުންތެރިންގެ އެންމެ ބޮޑު މަޤްބޫލުކަން ލިބުނު ޑްރާމާވެސް މެއެވެ.

ބައިސްކޯފުން މި ސިލްސިލާ ދައްކަން ފަށާނީ އަންނަ ޖުލައި މަހުގެ 8 އިން ފެށިގެން ކަމަށް ބައިސްކޯފުން ބުނެއެވެ.

ޖުމްލަ 52 އެޕިސޯޑްގެ ސިލްސިލާ ޑްރާމާ “ތިއޭ މި ހިތުގެ ވިންދަކީ” އަކީ ހުނަރުވެރި އަދި މަޝްހޫރު ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު “ހިތުވިންދު” ގެ ނަމުގައި ގެނެސްދިން ވާހަކައަށް ބިނާކޮށް ގެނެސްދިން ސިލްސިލާއެކެވެ.

“ތިއޭ މި ހިތުގެ ވިންދަކީ”ގެ ލީޑް ކާސްޓުންނަކީ ޝީލާ ނަޖީބާއި ފިރިމީހާ މުހައްމަދު މަނިކުގެ އިތުރުން ޒީނަތު އައްބާސް އެވެ. އެ ދުވަސްވަރު ސްޓާޕްލަސް އިން ދެއްކި ‘ކަސައުޓީ ޒިންދަގީ ކީ’ ގައި ކޮމޯލިކާ ގެނެސްދިން ގޮތަށް، ޒީނަތު ހުށައަޅައިދިން ރޯލަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ.

މި ސީރީޒްގެ އިތުރު ތަރިންގެ ތެރޭގައި އަޙްމަދު ސަޢީދު، މަރުހޫމް ހާޖަރާ ޢަބްދުލްކަރީމް އަދި ޗިޅިޔާ މޫސާ މަނިކުގެ އިތުރުން ނިޢުމާ މުޙައްމަދާއި ޝީރީން ފަދަ ތަރިން ހިމެނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
ސުނާމީ 2030
4 ގަޑިއިރު ކުރިން
ޒަލަފް – ފަހު ބައި
7 ގަޑިއިރު ކުރިން
Home
Menu
Search
Back to top