ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަބީޝެކްގެ ވެބް ސީރީޒް “ބްރެތު : އިންޓު ދަ ޝެޑޯޒް” – ޓްރެއިލަރ

އެމެޒަން ޕްރައިމް ވީޑިއޯ އިން ދެއްކުމަށް ހަމަޖެހިފައިވާ ވެބް ސީރީޒް “ބްރެތު : އިންޓު ދަ ޝެޑޯޒް”ގެ ޓްރެއިލަރ ރިލީޒްކޮށްފިއެވެ. އެމެޒަން އޮރިޖިނަލްސް އިން ދައްކާ 12 އެޕިސޯޑްގެ މި ސީރީޒުން ފެނިގެންދާނީ ގެއްލިފައިވާ އަންހެން ދަރިއަކު ހޯދުމަށް އޭނާގެ ބައްޕަ އެއްވެސް އިމެއް ނެތި ކުރާ މަސައްކަތްތަކެވެ.

މި ސައިކޮލޮޖިކަލް ތުރިލާއަކީ އަބޫން ޑަންޓިއާ އެންޓަޓެއިންމެންޓުން އުފައްދާ ޕްރޮޑިއުސްކުރާ ސީރީޒެކެވެ. ސީރީޒް ޑައިރެކްޓްކުރަނީ މަޔަންކް ޝަރްމާ އެވެ. ސީރީޒްގައި ހަރަކާތްތެރިވަނީ ސުޕަރސުޓާ އަބީޗެކް ބައްޗަން، އަމިތު ސާދު، ނިތިޔާ މެނެން އަދި ސަޔާމީ ކޭރް އެވެ.

މިއީ އަބީޝެކް ބައްޗަން ޑިޖިޓަލް އޮން ސްކްރީނުން ފެނިގެންދާނެ ފުރަތަމަ މަސައްކަތެވެ. އިންޑިއާ އާއި އިތުރު 200 ގައުުގެ ޕްރައިމް މެންބަރުންނަށް ވެބް ސީރީޒް “ބްރެތު : އިންޓު ދަ ޝެޑޯޒް” މި ޖުލައި މަހު 10 ން ފެށިގެން ސްޓްރީމް ކުރެވޭނެއެވެ. އިންޑިޔާގެ މުހިންމު ބަސްތައް ކަމަށްވާ ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުންވެސް މި ސީރީޒް ބަލައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top