ޕްރޮޑިއުސަަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ ފިލްމު ކުންފުނި ’ދެކެދެކެވެސް ޕްރޮޑަކްޝަން‘ އިން ގެނެސްދޭ ޑްރާމާ ސިލްސިލާ ”ފުރަބަންދު“ މިރޭ (03ޖުލައި ދުވަހުގެ ރޭ) 2100ގައި އައިސްޓީވީން ދައްކަން ފަށާނެއެވެ.
އަލީ ސީޒަން މުހިއްމު ރޯލެއް ކުޅެ، ޑައިރެކްޓްކޮށްފައިވާ ފަސް އެޕިސޯޑްގެ ”ފުރަބަންދު“ގައި ދައްކައިދޭނީ ކޮވިޑް-19އާ އެކު ކުރިމަތިވި ފުރަބަންދުގެ ސަބަބުން އާއިލާއެއްގެ ތެރޭގައި ދިމާވާ ކަންތައްތަކެކެވެ.
”މީގައި ހިތާމަވެރި ކަންތައްތަކެއް ވެސް ފެނިގެންދާނެ. ކޮވިޑް-19 އާ ގުޅޭ މުހިންމު މެސެޖްތަކެއް ވެސް ފެނިގެންދާނެ.“ ސީރީޒްގެ މަޢުލޫމާތު މުނިއަވަސް އާއި ހިއްސާކުރަމުން މުހައްމާ ބުނެފައިވެއެވެ.
”ފުރަބަންދު“ ގެ މައިގަނޑު ކާސްޓުންނަކީ ސީޒަންގެ އިތުރުން ނާޝިދާ މުހައްމަދު (ނާއްކޮ) އާއި އިއްބެގެ އިތުރުން މިހާރު ކުރިއަރަމުން އަންނަ ބަތަލާ ވާޝިޔާ މުހައްމަދު (ޝިޔާ) އެވެ.
”ފުރަބަންދު“ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ބައިސްކޯފުން ގެނެސްދިން ސިލްސިލާ ”ހަނާ“ގެ ސްކްރީންޕްލޭ ވެސް ލިޔުނު އާމިނަތު ރިނާޒާ އެވެ. އޭނާ އަކީ ކެމެރާމަން އަލީ ރަޝީދު (ގޮޅާއައްޔަ) ގެ އަންހެނުންނެވެ.
މުހައްމާގެ ކޮންސެޕްޓަކަށް އުފައްދާފައިވާ ”ފުރަބަންދުު“ގެ މަންޒަރުތައް ކެމެރާކުރީ ޝިވާޒް ޢަބްދުﷲ (މާސްކޭ) އެވެ. ސީރީޒްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރީ ގޮޅާ އައްޔައެވެ.
”ފުރަބަންދު“ގެ ޓީމުން ބުނެފައިވަނީ މި ސިލްސިލާ އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ އެއްޗަކަށް ވާނެ ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



