ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ދީފައިވާ ލުއިތަކާއިއެކު އަނެއްކާވެސް ބަލި ފެންނަ މިންވަރު އިތުރުވަމުންދާކަަމަށް ވިދާޅުވެ، އަލުން ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލުއިދިން ފަހުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާކަމަށެވެ.
މަޢުމޫންގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުންދާއިރު މިއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ކުރިންވެސް އެޅި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ކަމާއި ގުޅުންހުރި އިދާރާތަކަށް ގޮވާލައްވާ ކަމަށެވެ.

މަޢުމޫން ކުރެއްވި ޓްވީޓްގެ ސްކްރީން ޝޮޓެއް
ކިޔުންތެރިންގެ ޚިޔާލު
