އަމީތާބުގެ ދަރިފުޅު އަބީޝެކް ބައްޗަން ވެސް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އަމީތާބު ކޮވިޑަށް ފައްސިވެގެން މިއަދު ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާއިރު އަބީޝެކް ވެސް މިހާރު ވަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައެވެ.
ކޮވިޑް-19 އަށް އަބީޝެކް ފައްސިވެފައިވާކަން އަންގާފައިވަނީ ވެސް މިއަދު އަބީޝެކް ކުރި ޓްވީޓެއްގައެވެ.
”މިއަދު އަހަންނާ އަހަރެންގެ ބައްޕަ ވަނީ ކޮވިޑް-19 އަށް ފައްސިވެފަ. އަހަރުމެން ދެމީހުންނަށްވެސް ކޮވިޑްގެ އަލާމާތްތައް ކުޑަކޮށް ފެނިފައިވުމުން ހޮސްޕިޓަލުގައި ވަނީ އެޑްމިޓްވެފަ. އަހަރެންގެ އާއިލާއާއި މުވައްޒަފުން ޓެސްޓްކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި ވާނީ އެދިފަ.“ އަބީޝެކް ކުރި ޓްވީޓުގައި ބުނެފައިވެއެވެ.
އިންޑިއާގައި މާރިޗް މަހުގެ 25 ވަނަދުވަހު އިއުލާންކުރި ލޮކްޑައުންނާއި އެކު އުމުރުން 77 އަހަރުގެ އަމީތާބުވެސް ހުރީ އަމިއްލަ ގޭގައެވެ. އެހެންނަމަވެސް “ ކޯން ބަނޭގާ ކްރޯޑް ޕަތީ“ ގެ ޕްރޮމޯޝަނަލް ކުއިޒް ޝޫޓްކުރަން އޭނާ ވަނީ އެ ޝޯގެ ޕްރޮޑަކްޝަން ޓީމެއް ދާދި ފަހުން ގެއެށް ގެނެސްފައެވެ. އަދި ބައެއް އެހެން ޕްރޮގްރާމްތަކުގެ ޕްރޮމޮޝަނަލް ކްލިޕްތައްވެސް ވަނީ ގޭގައި ޝޫޓްކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




