ބޮލީވުޑްގެ މެގަސްޓަރ އަމީތާބާއި އޭނާގެ ދަރިފުޅު އަބީޝެކް ކޮވިޑް-19 އަށް އިއްޔެ ފައްސިވެފައިވާއިރު، އަބީޝެކްގެ އަންހެނުން އައިޝްވަރިޔާ ރާއީ އާ ދަރިފުޅު އާރާދިޔާވެސް ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. މި ދެމައިން ބައްޔަށް ޕޮޒިޓިވީ ދެވަނަ ޓެސްޓުންނެވެ.

އަމީތާބާއި އަބީޝެކް ކޯވިޑަށް ޕޮޒިޓިވްވުމުން އައިސްވަރިޔާއާއި އާރާދިޔާގެ އިތުރުން ޖާޔާ ބަޗަންވެސް ވަނީ ޓެސްޓްކޮށްފައެވެ. ޖަޔާ ބަޗަންގެ ދެ ޓެސްޓުންވެސް ވަނީ ނެގެޓިވްކަމަށް ދައްކާފައެވެ. އެހެންނަމަވެސް އަދިވެސް ޖާޔާ ޗެކްކުރަން ވަނީ ނިންމާފައެވެ.

އަމީތާބުގެ ގެ ‘ޖަލްސާ’ މިވަގުތު ވަނީ އެހެން މީހުންނަށް ނުވަދެވޭގޮތަށް ބަންދުކޮށްފައެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ބީއެމްސީ އިން ވަނީ އަމީތާބުގެ ގެ ޑިސްއިންފެކްޓްކޮށްފައެވެ.

އަމީތާބަށް ކޯވިޑް ޖެހުމުން އެ އާއިލާގެ 16 މީހަކުވަނީ ޓެސްޓް ހަދާފައެވެ. މީގެއިތުން އެގޭގައި މަސައްކަތް ކުރާ މީހުންނާއި ސެކިއުރިޓީ ގާޑުންވެސް ވަނީ ސާމްޕަލް ނަގާ ޓެސްޓްހަދާފައެވެ. މި އެންމެންގެ ރިޕޯޓްތައް ލިބޭނީ މާދަމާއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.