ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
31 މީހަކު ކޮވިޑް 19 އަށް ފައްސިވެ، 6 މީހަކަށް ޝިފާ ލިބިއްޖެ

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 31 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިކަން ހާމަކުރަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 31 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހީންނާއި، ބަނގުލަދޭޝްގެ 8 މީހުންނާއި، އިންޑިއާގެ މީހެއް ކަމަށެވެ.

މިއާއެކު، ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2762 އަށް އަރާފައެވެ. މިއަދު ރަނގަޅުވި 6 މީހުންނާއި އެކު، ކޮވިޑް-19 އިން ޝިފާ ލިބުނު މީހުންގެ އަދަދު ވަނީ 2290 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް މިވަގުތު ފަރުވާދެމުން ދަނީ 444 މީހަކަށެވެ. އަދި މި ބަލީގައި މިހާތަނަށް 13 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 70 މީހުން ތިބިއިރު، 382 މީހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top