ދީނީ ސުވާލެއް އޮތީތަ؟
އަދަބިއްޔާތު
ބަހުރުވަފުށީގެ ފަހުތިބީން – ސްޓޭޖް ޑްރާމާ

“ބަހުރުވަފުށީގެ ފަހުތިބީން” އަކީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 04 ގެ ދަރިވަރުން ހުށައަޅައިދީފައިވާ އިސްޓޭޖް ތަމްސީލެކެވެ.

“ބަހުރުވަފުށީގެ ފަހުތިބީން” އީކީ އެޑެޕްޓްކޮށްގެން ލިޔެފައިވާ އިސްޓޭޖް ތަމްސީލެވެ. މައިގަނޑު ގޮތެއްގައި ވިސްނުން ބަހައްޓާފައިވާނީ ތަފާތު ބަހުރުވަތައް ހިމެނުމަށާއި ދިވެހިބަސް ބޭނުންކުރުމުގައި މިހާރު ގެންގުޅެމުން އަންނަ ނޭދެވޭ ކަންތައްތަކުގެ މައްޗަށެވެ.

ވާހަކަ ބިނާކުރުމުގައި ވިސްނުން ބެހެއްޓީ ރާއްޖޭގައި ކިޔައިއުޅޭ ކުޑަކުދިންގެ ވާހަކަތަކުގެ ސަޚްސިއްޔަތުތައް ހިމަނަގައިގެން އެ ސަޚްސިއްޔަތު ތަކުގެ ފަހުތިބީން ނުވަތަ ‘ޑިސެންޑެންޓްސް’ ގެ ދިރިއުޅުން ރާއްޖޭގެ ޗ. އަތޮޅު ބަހުރުވަފުށީގައި ބިނާވެފައިވާ ގޮތުގެ މައްޗަށެވެ.

ޑްރާމާގެ އޯޑިއޯ ރިކޯޑިންއަށް ދަރިވަރުން ފަރިތަކޮށްފައިވަނީ ދެތިން ފަހަރު އެވެ

https://www.youtube.com/watch?v=iWpIG9v84OY&feature=youtu.be

މުނިއަވަސް އޮންލައިންގެ ކޮށްދީފައިވާ މަސައްކަތެކެވެ. ޑްރާމާގެ އޯޑިއޯ ރިކޯޑިން އަދި ވީޑިއޯ ހެދީ ލ. ފޮނަދޫ ރިކާޒް ސްޓޫޑިއޯއިންނެވެ. ރިކާޒް ސްޓޫޑިއޯއަކީ ރެޖިސްޓްރީކޮށްގެން ވީޑިއޯ އަދި އޯޑިއޯ ޕްރޮޑަކްޝަން މަސައްކަތްކުރުމަށް އުފައްދާފައިވާ ސްޓޫޑިއޯ އެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top