ބޮލީވުޑް އެކްޓަރ ސުޝާންތު ސިންގ ރާޖްޕުތު މަރުވިތާ މަހެއް ވެގެން ދިޔައިރު އަދިވެސް ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ނެޕޮޓިޒަމްގެ ވާހަކައެވެ. ދާދި ފަހުން މަޝްހޫރު ފިލްމު ޑައިރެކްޓަރ އާރް. ބަލްކީ ވަނީ ނެޕޮޓިޒަމްއާއި ދޭތެރޭ އޭނާ ދެކޭގޮތް ހާމަކޮށްފައެވެ.
މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބަލްކީ ބުނެފައިވާ ގޮތުގައި ނެޕޮޓިޒަމްއަކީ ހަމައެކަނި ބޮލީވުޑްގައި އޮންނަ ކަމެއް ނޫންކަމަށާއި އެއީ ކޮންމެ ދާއިރާއެއްގައިވެސް އޮންނަ ކަމެއް ކަމަށެވެ. އަދި އިންޑިޔާ ކަހަލަ މިނިވަން ޤައުމެއްގައި ނެޕޮޓިޒަމްއޭ ކިޔައިގެން މި ކުރެވެނީ މޮޔަ ޒުވާބެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. ނެޕޮޓިޒަމްގެ ދެކޮޅުވެސް އެބައޮތް ކަމަށް އޭނާ ބުނެފައިވެއެވެ.
ސްޓާރުންގެ ދަރިންނަށް ލިބޭ ނާޖާއިޒު ފައިދާއާއި ބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ އެއީ އޭނާ ޤަބޫލުކުރާ ކަމެއް ނޫންކަމަށެވެ. އަދި ސްޓާރުންގެ ދަރިންގެ ސަބަބުން ހުނަރުވެރި ތަރިންނަށް އެކަމުން އަސަރުކުރަނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. އިތުރަށް އޭނާ ބުނީ ފިލްމު ބަލާ މީހުން ސްޓާރުންގެ ދަރިންގެ ފިލްމުތައް ބޮޑަށް ބަލަން ބޭނުންވުމަކީ މުޅިން އެހެން ކަމެއް ކަމަށާއި ހުނަރު ނެތްނަމަ ކޮންމެ އެކްޓަރަކަށްވެސް މިކަހަލަ ދާއިރާއެއްގައި ފައިތިލަ ސާބިތުކޮށްލުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
ރަންބީރް ކަޕޫރާއި އާލިއާ ބަޓްއަށްވުރެ ރަނގަޅު އެކްޓަރުން ބޮލީވުޑަށް ނުކުންނަ ދުވަހަކުން އެވާހަކަ ދައްކަންވެސް ތައްޔާރަށް ހުރިކަމަށް ”ޕެޑްމޭން“ ފަދަ މޮޅު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރ ބުނެފައިވެއެވެ.
އާރް. ބަލްކީގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ”ޗީނީ ކަމް“، ”ޕާ“، ”ކީ އެންޑް ކާ“ އަދި ”ޕެޑްމޭން“ ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




