ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މރ. ލޭލޭ” ގައި ރަންބީރުގެ ޚާއްސަ ލަވައެއް؟

ވިކީ ކޯޝަލްއާއި ކިއާރާ އަދުވާނީގެ އިތުރުން ބޫމީ ޕެޑްނޭކަރް މައިގަނޑު ރޯލުތަކުން ފެނިގެންދާ “މރ. ލޭލޭ” ގައި މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރްގެ ޚާއްސަ ލަވައެއް ހިމެނޭކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.

ޕިންކްވިލާގައި ބުނެފައިވާ ގޮތުގައި މެހެބޫބް ސްޓޫޑިއޯގައި އަންނަ ބުދަ ދުވަހުން ފެށިގެން އެ ލަވައިގެ ޝޫޓިންގ ކުރިއަށް ގެންދާނެއެވެ. ފިލްމުގައި ހިމެނޭ ލަވައަކީ ވަރަށް ފޯރިގަދަ ނެށުންތަކެއް ފެނިގެންދާނެ ލަވައެއް ކަމަށްވެއެވެ. މިދިޔަ ދުވަސްތަކުގައި ރަންބީރު ލަވައިގެ ރިހާސަލްތައް ކުރިއަށް ގެންދިޔަ ކަމަށާއި އެ ލަވައިގެ ނެށުންތައް ތައްޔާރުކޮށްދިނީ މަޝްހޫރު ކޮރެއޯގްރާފަރު ގަނޭޝް އަޗާރިޔާ ކަމަށްވެސް ޕިންކްވިލާގައި ބުނެފައިވެއެވެ.

ރަންބީރުގެ ލަވައިގެ އިތުރުންވެސް ފޯރިގަދަ ނެށުންތަކެއް ހިމެނޭ ލަވައެއް ފިލްމުގައި ހިމެނޭނެ ކަމަށް އީޓައިމްސްގައި ރިޕޯޓުކޮށްފައިވެއެވެ. އޭގައިވާ ގޮތުން ވިކީއާއި ކިއާރާ ފެނިގެންދާ މި ލަވައިގެ ނެށުންތައް ތައްޔާރުކޮށްދިނީ މަޝްހޫރު ކޮރެއޯގްރާފަރު ތުޝާރް ކާލިއާއެވެ. މި ލަވައާއެކު ދުވަސްތަކަކަށްފަހު ބެކްގްރައުންޑް ޑާންސަރުންގެ ބޮޑު ޓީމެއް އަނެއްކާވެސް ފެންނާނެކަމަށް ބުނާއިރު މި ލަވައިގައި މަދުވެގެން 40 އާއި 60 އާއި ދެމެދުގެ އަދަދަކަށް ނެށުންތެރިން ހިމެނޭނެ ކަމަށްވެއެވެ.

މި ދެ ލަވައާއިއެކު ފިލްމުގެ ޝޫޓިންގ ގާތްގަނޑަކަށް ނިމޭނެކަމަށާއި ވަރަށް މަދު މަންޒަރުކޮޅެއް އޮކްޓޯބަރު މަހު ނެގުމަށްފަހު ޝޫޓިންގ އެއްކޮށް ނިންމާލާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސްއިން ޕްރޮޑިއުސްކުރާ “މރ. ލޭލޭ” ޑައިރެކްޓްކުރަނީ “ހަމްޓީ ޝަރްމާ ކީ ދުލްހަނިއާ”، “ބަދުރިނާތު ކީ ދުލްހަނިއާ” އަދި “ދަޅަކް” ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޝަޝަންކް ކައިތާންއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top