ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިފަހަރުވެސް ބާރަށުގައި ފޯރިގަދަ ބޮޑު ޢީދެއް!

ހއ. ބާރަށުގައި މިފަހަރުވެސް ކުލަގަދަކޮށް ބޮޑުއީދު ފާހަގަކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ބާރަށު ދެކުނު ޒުވާނުން އިސްނަގައިގެން އެރަށުގައި ބޮޑުއީދު ކުޅިވަރު ކުރިއަށްދާނެ ގޮތް މިހާރުވަނީ އިއުލާނުކޮށްފައެވެ. 

ބާރަށުގައި އީދުކުޅިވަރުތައް ކުޅުމަށް ހަމަޖެހިފައިވާ ތާވަލްވެސް މިހާރުވަނީ އިޢުލާންކޮށްފައެވެ. އީދު ދުވަހުގެ ފުރަތަމަ ދުވަހުގެ 16.00 ގައި ކުޅިވަރުތައް ފެށިގެން ދާއިރު މި ކުޅިވަރުތަކުގެ ތެރޭގައި ދިވެހިންގެ ސަގާފީ ކުޅިވަރުތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބޮޑު އީދަށް ޚާއްސަ ބޮޑުމަހުގެ ކުޅިވަރާއި ދަފިނެގުން ފަދަ ކުޅިވަރުތަށް އެކި އުމުރުފުރައިގެ މީހުންނަށް ވެސް ބައިވެރި ވެވޭގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބާރަށު ދެކުނު އަވަށު ޒުވާނުންގެ ފަރާތުން މަޢުލޫމާތު ދެއެވެ.

އީދުގެ ފޯރި އިތުރަށް ގަދަކޮށްލުމުގެ ގޮތުން މިފަހަރުގެ އީދު ޕްރޮމޯޓްކުރުމަށް ވީޑިއޯއެއްވެސް ޒުވާނުންގެ ފަރާތުން ވަނީ ތައްޔާރުކޮށްފައެވެ.

ބާރަށަކީ ކޮންމެ އަހަރެއްގެ ބޮޑުއީދުވެސް ވަރަށް ފޯރިއާއެެކު ކުޅިވަރުތައް ކުރިއަށް ގެންދާ ރަށެކެވެ. ރާއްޖޭގައިވެސް ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މިފަހަރުގެ އީދު ކުޅިވަރުތައް ކުރިއަށް ގެންދާނީ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކާއި އެކުގައި ކަމަށް ވެސް ދެކުނު ޒުވާނުންގެ ފަރާތުން މަޢުލޫމާތު ދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Baarashu Dharieh6 އަހަރު ކުރިން

Hama ekani dhekunu zuvaanun ekanitha foaryga eid faahag kurani. Uthuruga oiy kulhivaruthah ves balaalabala. Dhekunuga thibey ehchehinnah neygeyne foaryga kameh kuraakah. Avahah noohuga jahaagen maa foaryga kuraa kamah

foari6 އަހަރު ކުރިން

foari eh kahala foari eh neh thithaaku

Home
Menu
Search
Back to top