ބޮލީވުޑްގެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ޝާހްރުކް ޚާން އާއި ދީޕިކާ ޕަދުކޯންގެ ޖޯޑު އަނެއްކާވެސް ބޮޑު ސްކްރީނުން ފެންނަން އުޅޭކަމުގެ ވާހަކަ ދެކެވެން ފަށައިފި އެވެ.
ރިޕޯޓްތައް ތެދުކަމަށް ވާނަމަ، ޔަޝްރާޖް ފިލްމްސް އިން އެންމެ އަވަހަށް އުފައްދާ ވަރުގަދަ އެކްޝަން ފިލްމުން ޝާހް ރުކް އާއި އެކުގައި ދީޕިކާ ފެނިގެންދާނެއެވެ. މި ފިލްމު ޑައިރެކްޓްކުރާނީ ސިދާތު އާނަންދު އެވެ. ފިލްމުގެ ސްކްރިޕްޓާމެދު ދީޕިކާ ހުރީ ނުހަނު ބޮޑަށް ހިތްހަމަޖެހިފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ޔަޝްރާޖް ފިލްމްސް (ވައިއާރްއެފް)ގެ މި ފިލްމަށް ޝާހް އާއި ދީޕިކާ ސޮއިކޮށްފައިނުވި ނަމަވެސް ދެތަރިން ވެސް ފިލްމުގެ ސްކްރިޕްޓާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ‘ޕިންކްވިލާ’ ގައި ރިޕޯޓްކޮށްފައި ވެއެވެ.
އެންމެ ފަހުން ދީޕިކާ އާއި ޝާހްރުކް އެކުގައި ސްކްރީނުން ފެނިގެން ދިޔައީ 2014 ވަނަ އަހަރު ގެނެސްދިން ފިލްމު “ހެޕީ ނިއު ޔަރ” އިންނެވެ.
