ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލަސްވިޔަސް” ފިލްމުގެ ކާސްޓިން ކުރިއަށްދަނީ – ޓެޑްރީ

ސްކްރީން ރައިޓަރ، ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ މުޙައްމަދު ނިޔާާޒް (ޓެޑްރީ) ޑައިރެކްޓްކުރާ ދެވަނަ ފީޗާ ފިލްމު “ލަސްވިޔަސް”ގެ ކާސްޓް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ބުނެފިއެވެ.

މިމަހު 22 ވަނަ ދުވަހު ޓެޑްރީ ކޮށްފައިވާ ޓްވީޓެއްގައި ބުނީ ‘ލަސްވިޔަސްގެ ކާސްޓިން ކުރިއަށްދާ ކަމަށެވެ.

ކޮވިޑް-19ގެ ކަންތައް ގަނޑު ރާއްޖެއަށް ލައިގަތް ހިސާބުގައި މުނިއަވަސް އަށް ޓެޑްރީ ބުނީ ކޮވިޑް-19ގެ ކަންތައް ފެށުނީ ފިލްމުގެ ޝޫޓިންއަށް ފުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.

ފަސް ލަވަ ހިމެނޭ “ލަސްވިޔަސް” އަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލަ އަށް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ ފިލްމެކެވެ.

“ލަސްވިޔަސް”ގެ ޓީޒާއެއް 2017 ވަނަ އަހަރު ޓެޑްރީގެ ޔޫޓިއުބް ޗެނަލުން ވަނީ އާއްމުކޮށްފައެވެ. ޓީޒާގައި ފެނިގެންދަނީ އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހިމް އެވެ. ޓީޒާ ފެށޭއިރު އިވެނީ “ކައިވެނީގެ އަމާޒުކަމުގާ…” ލަވައެވެ.

މިހާރު ބައިސްކޯފުން ވެސް ބަލައިލެވެން ހުރި “ސަޅިބައިސާ” ސީރީޒް އަކީ މުޙައްމަދު ނިޔާޒް (ޓެޑްރީ) ގެ ޑައިރެކްޝަން ތަކުން ބެލުންތެރިނަށް ތަފާތެއް ދައްކުވައިދިން ސީރީޒް އެކެވެ. އެއަށްފަހު ޓެޑްރީ ގެ ޑައިރެކްޝަނަކަށް ފެނުނީ ދިވެހި ސިނަމާއަށް ބޭނުންވެފައިވާ ތަފާތު ދައްކުވައިދިން ފިލްމު “ދެރިޔާ” އެވެ. އެ ފިލްމު ރިލީޒްކުރީ 1994 ގައެވެ. އޭގެ ފަހުން ޓެޑްރީ ޑައިރެކްޓް ކޮށްފައިވާ ފީޗާ ފިލްމެއް އަދި މިވަނީ ފެންނަވަރު ނުވެފައެވެ. ނަމަވެސް ކޮރަޕްޝަނަށް ހޭލުންތެރިކުރުވުމަށް “ބިތުފަންގި”ގެ ނަމުގައި އުފެއްދި ކާމިޔާބު ސީރީޒް ޑައިރެކްޓްކޮށްފައިވަނީ ޓެޑްރީކަން ފާހަގަކޮށްލަން ޖެހެެއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު
Ingey meeheh6 އަހަރު ކުރިން

Deriyaa nukuthee sureh emme inthizaaru kuraa eh film akee , tedry he devana direction ,can't wait

Ingey meeheh6 އަހަރު ކުރިން

Amanath direct kuree mahudee dhonkalo , get ur tedry facts right 😂

Ali6 އަހަރު ކުރިން

Dhonkalo. Amaanaaiy direct kuree Mahdi

dhaain6 އަހަރު ކުރިން

dhonkalo . amaanaathakee vs ted ge film ehl

Home
Menu
Search
Back to top