ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑާކް ރެއިން އެންތޮލޮޖީ “ގުޅުން” – ޝޫޓިން ނިންމާލައިފި

ޑާކް ރެއިން އެންތޮލޮޖީގެ ސެގްމެންޓެއް ކަމަށްވާ “ގުޅުން”ގެ ޝޫޓިން، ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮޖެކްޓާ ބެހޭ ރަސްމީ މަޢުލޫމާތެއް ހިއްސާކޮށްފައި ނުވިޔަސް، އެ ޕްރޮޑަކްޝަންގެ ފޭސްބްކް ޕޭޖްގައި “ގުޅުން”ގެ ޝޫޓިން ނިމިފައިވާކަން ހާމަކޮށް ފޮޓޯއެއް ހިއްސާކޮށްފައި ވެއެވެ.

މިއީ މަސައްކަތް ނިންމައިލެވުން ކަމަށާއި ސެގްމެންޓް “ގުޅުން”ގެ ޓީމު ވޯރކް ވަރަށް ރަނގަޅުކަން ޑާކް ރެއިންގެ ފޭސްބްކް ޕޭޖަށް ކުރި ޕޯސްޓްގައި ބުންޏެވެ.

“ސެގްމެންޓް ‘ގުޅުން’ ބަލަނީ.” އެ ޕޯސްޓްގައި އިތުރަށް ބުނެފައިވެއެވެ.

“ގުޅުން” ސެގްމެންޓަކީ ޢާއިޝަތު ފުއާދު ތަޢުފީޤް ލިޔެ ޑައިރެކްކޮށްފައިވާ ސެގްމެންޓެކެވެ.

“ގުޅުން” ސެގްމެންޓްގައި ހަރަކާތްތެރިވާ އެކްޓަރުންނާާއި ޓެކްނިކަލް ޓީމުގެ ތެރޭގައި މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ރަވީ ފާރޫޤް، ކުޅަދާނަ އެކްޓްރެސް ރިޝްމީ ރަމީޒް، އިސްމާޢީލް ޖުމައިހް، ފުބޫ، ވިޝާލް އާމިރު، ހުސެއިން އަދުދާން (ހުސޭނު)، ވިޝާލް ޒަކީ (ވިއްޓެ) ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މި ޕްރޮޖެކްޓްގައި ވެސް ޢާއިޝަތު ފުޢާދު ތަޢުފީޤްް އާއި މުޙައްމަދު ޢަލީ (މޮގާ) ހަރަކާތްތެރިވެއެވެ.

ޑާކް ރެއިން އެންތޮލޮޖީ އަކީ އެކިއެކި ލިޔުންތެރިންނާއި ޑައިރެކްޓަރުން، އެކްޓަރުން މަސައްކަތްކުރާނެ ސީރީޒެއްކަމަށް ޑާކް ރެއިން އިން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top