ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ލަސްވިޔަސް” ފިލްމުގެ އޯއެސްޓީ ޓީޒަރ

ފުރިހަމައަށް ތައްޔާރުވެ، ބާރަށް ކަމަރު އަޅައިގެން ނޫނީ ފިލްމެއް އުފެއްދުމުގެ ދަތުރަށް ނުފަށާ ޑައިރެކްޓަރ މުޙައްމަދު ނިޔާާޒް (ޓެޑްރީ)ގެ “ލަސްވިޔަސް” ފިލްމުގެ އޮރިޖިނަލް ސައުންޑް ޓްރެކް ޓީޒާާއެއް މިރޭ އާއްމުކޮށްފިއެވެ.

“ލަސްވިޔަސް”ގެ އޯއެސްޓީ ‘ދުނިޔެ’ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް (އަންޏަ) އެވެ. ލަވައިގެ ޅެން ހެދީ އަޙްމަދު ޝަކީބް އެވެ. މިއުޒިކް ހަދާފައިވަނީ އަންޏަ، އިކްރާމް އަދި ބާޗީ އެވެ.

“ލަސްވިޔަސް”ގެ އޯއެސްޓީ ‘ދުނިޔެ’ އާއްމުކޮށްފައިވަނީ ސްކްރީން ރައިޓަރ، ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ޓެޑްރީގެ ޓްވިޓަރ އެކައުންޓްގައެވެ.

https://www.facebook.com/tedry/videos/10157108568566174/

ފިލްމުގެ މަސައްކަތް ފެށުން ލަސްވެފަައި ވިޔަސް، ފިލްމަށް ތަރިން ހަމަޖެއްސުން ކުރިއަށްދާކަމަށް ދާދިފަހުން ޓެޑްރީވަނީ ބުނެފައެވެ.

ކޮވިޑް-19ގެ ކަންތައް ގަނޑު ރާއްޖެއަށް ލައިގަތް ހިސާބުގައި މުނިއަވަސް އަށް ޓެޑްރީ ބުނީ ކޮވިޑް-19ގެ ކަންތައް ފެށުނީ ފިލްމުގެ ޝޫޓިންއަށް ފުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.

“ލަސްވިޔަސް” ފިލްމަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލައަށް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގައި ފަސް ލަވަ ހިމެނޭނެ ކަމަށް ޓެޑްރީ ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top