ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހީނާ ޚާން “ނާގިން 5” ގައި އިއްޗާާދާރީ ނާގިންއަކަށް!

ކަލާރޒް ޓީވީން ގެނެސްދެމުން އަންނަ ކާމިޔާބު ސީރީޒް “ނާގިން”ގެ ފަސްވަަނަ ސީޒަންގައި ‘އިއްޗާާދާރީ ނާގިން’ އެއްގެ ރޯލުން މަޝްހޫރު ޓީވީ އެކްޓްރެސް ހީނާ ޚާން ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

“ނާގިން 5” އަކީ ހިންދީ ޓީވީ ސީރީޒްތަކުން އެންމެ ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ޓީވީ ސީރީޒަށް ވާއިރު، ބެލުންތެރިން ތިބީ “ނާގިން 4” ނިމޭނެ ގޮޮތެއް ބަލައިލަން ކެތްމަދުވެފައެވެ. ސުޕަނެޗުރަލް ޑްރާމާ ސީރީޒްގެ ފަސްވަނަ ބައެއް އަންނާނެކަން އެކްތާ ކަޕޫރު ހާމަކުރި ހިސާބުން ބެެލުންތެރިންގެ އިންތިޒާރު ވަނީ ދެގުނައަށް އިތުރުވެފައެވެ. ކާސްޓުންނަކީ ކޮބައިކަމާ، ލީޑް ކުޅޭނީ ކޮން ބައެއް ކަމާއި، ސީރީޒް ދައްކަން ފަށާނީ ކޮން ތާރީޚެއްގައިކަމާ މިފަދަ އެތަކެއް ކަމަކަށް އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ކޮންމެއަކަސް، ނާގިން ސީރީޒް ހަދާ ޓީމުން އަންނަނީ ބެލުންތެރިންގެ ހިތް ދަމައިގަތުމަށްޓަކައި ނުފުރޮޅާ އެންމެ ގަލެއްވެސް ނުބާއްވައި ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

“ނާގިން 5″ގެ ފަސްޓްލުކް ޕޯސްޓަރު އާއްމުކުރުމާއެކު އިއްޗާދާރީ ނާގިންއެއްގެ ކެރެކްޓަރއިން ފެންނަނީ ހީނާ ޚާން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އާނެކެވެ. ޕޯސްޓަރަށް ރަނގަޅަށް ބަލައިލުމުން ޕޯސްޓަރުން ފެންނަ މީހާގެ މޫނާއި، ލޮލުގެ ސިފަތަކާއި އިސްތަށިގަނޑުން ސިފަ ވަނީ އެއީ ހަމަ ހީނާ ޚާން ކަމަށެވެ. ހަރުފައަކުން މޫނުގެ ބޮޑުބައެއް ފޮރުވިފައިވިޔަސް، ހީނާ ޚާންގެ ގިނަ ފޭނުން ބުނަނީ އެއީ ހީނާ ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top