ބީވެފައިވާ ލޯތްބެއް ހޯދުމަށް ވިދްޔަތު ޖަމްވާލް ކުރާ އާދަޔާޚިލާފު ދަތުރެއް ދައްކުވައިދޭ ފިލްމު ”ޚުދާ ހާފިޒް“ގެ ޓްރެއިލަރ އާއްމުކޮށްފިއެވެ. ޑިޒްނީ+ހޮޓްސްޓަރ އަށް ދޫކޮށްލާފައިވާ ޓްރެއިލަރ ވަރަށް ފުރިހަމަ ކަން ފާހަގަކޮށްލެވެއެވެ.
”ޚުދާ ހާފިޒް“ ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު ހޮޓްސްޓާ މެދުވެރިކޮށެވެ. އެކްޝަން ރޯލުތަކަށް ކުޅަދާނަ ވިދްޔަތުގެ މި ފިލްމަކީ ރޮމޭންޓިކް ތްރިލާއެކެވެ.
ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދަނީ ޝިވަލީކާ އޮބްރޯއީ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ފާރޫކް ކަބީރުއެވެ. ކުމާރު މަންގަތު ޕަތަކް އާއި އަބީޝޭކް ޕަތަކް ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މިއީ ހަޤީޤީ ހާދިސާތަކަކުން އިސްޕަޔާވެގެން ހަދާފައިވާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި




