ފިޓް ޖައިލަމް އޭ ބުނުމުން އެއީ ކާކުކަން މުނިއަވަސްގެ ކިޔުންތެރިންނަށް މިހާރު އެނގޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އަޅުގަނޑުމެން މުނިއަވަސްގެ ފަރާތުން ކުރިން ވާނީ ޖައިލަމްގެ ވަރަށް ހިތްގައިމު އިންޓަވިއު އެއް ގެނެސްދީފައެވެ. ކުރީގެ މަޝްހޫރު ފިލްމީ ތަރި ލިލިއަންގެ ފިރިހެން ދަރިފުޅު، ޖައިލަމް ފިޓް ވުމަށް ޓަކައި ކަށިން ނެރުނު ހިތްވަރުގެ ވާހަކަ އަޅުގަނޑުމެން ކުރިން ވާނީ ދައްކާފައެވެ. ނަމަވެސް އެ ވާހަކަތަކަކީ ގިނަ ބައެއްގެ ހިތްތަކުން އަދިވެސް ޖާގަ ހޯދަމުން އަންނަ މަޝްހޫރު ވާހަކައެކެވެ. އެކަމުގެ ދަލީލަކީ ޖައިލަމްގެ އިންޓަަރވިއު ކިޔުންތެރިންގެ މެދުގައި މަޤުބޫލު ވެގެން ދިޔަ މިންވަރެވެ.

އެހެން ކަމުން އަޅުގަނޑުމެން އިތުރަށް އެވާހަކަ ނުދައްކައި، އަޅުގަނޑުމެންގެ ގަލަމުގެ ތުޑު މި އަމާޒު ކޮށްލަނީ ރީތި، ޗާލު، ހިތްގައިމު ފޮޓޯގަނޑަކަށެވެ. އާދެ! ޖައިލަމްގެ ތަސްވީރެކެވެ. ދިވެހި މޮޅު، ހުނަރުވެރި ކުރެހުން ތެރިއެއް ކަމަށްވާ، މުސްތަފާގެ ކުލަފިހީގެ ކުޅަދާނަކަމެވެ. ހަމަ ޔަޤީންނުން ވެސް ޖައިލަމްގެ މިފޮޓޯގަނޑަކީ ކޮންމެ މީހެއްގެ ވެސް ކަޅި ހުއްޓޭނެ ފަދަ، މޮޅު ކުރެހުމެކެވެ.

Instagram will load in the frontend.

އެހެން ކަމުން މި ފުރުޞަތުގައި މި ކުޅަދާނަ ކުރެހުންތެރިޔާގެ ވާހަކަ ނުދައްކައި އެއްގޮތަކަށް ވެސް ފަރުޖެއްސޭކަށް ނެތެވެ. އެގޮތުން ޙަޤީޤީ ދިރިއުޅުމުގެ ވާހަކަތަކާއި، ސޯޝިއަލް އިޝޫތަކަށް އެތައް ބަޔަކު މި ހުނަރުވެރި ޒުވާނާ ވަނީ ލޯ ހުޅުވާލަދެއްވާފައެވެ. ކަރުދާހުގައި ކުރަހާލާ މަންޒަރުތަކުން، އެތައް މެސެޖެއް، އެތައް ވާހަކަތަކެއް މުސްތަފާ ގެންދަނީ ކިޔައިދެމުންނެވެ.

މުސްތަފާގެ މޮޅު ހުނަރުން ކުރެހި، ޖައިލަމްގެ ފިޓް ބޮޑީގެ ފަހަތުގައިވާ ޙަޤީޤަތް މުނިއަވަސްއިން ހޯދައިލިއެވެ.

“އެ ފޮޓޯގަނޑަކީ މުސްތޮ އަޅުގަނޑަށް އުފަންދުވަހުގެ ހަދިޔާއަކަށް ދިން ފޮޓޯއެއް. މުސްތޮއަކީ އަޅުގަނޑުގެ ވަރަށް ގާތް ރަޙުމަތްތެރިއެއް! މި ފުރުޞަތުގަ މުސްތޮއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން މިފަދަ ރީތި، ސަޅި ގިފްޓެއް ދިނީމަ. އަސްލުވެސް ވަަރަށް ހިތްހަމަޖެހިފަ މީނީ މި ހަދިޔާއާ ދޭތެރޭގަ.” ޖައިލަމް މުނިއަވަސްއަށް ކިޔައި ދިނެވެ.

Instagram will load in the frontend.

ޖައިލަމްގެ އުފަން ދުވަހަކީ ޖުލައި މަހުގެ 30ވަނަ ދުވަހެވެ. ކުޑަކޮށް ލަސްވި ކަމުގައި ވިޔަސް، މުނިއަވަސްގެ މުޅި ޓީމުގެ ފަރާތުން ޖައިލަމަށް އުފާވެރި، ބާއްޖަވެރި އުފަންދުވަހަކަށް އެދެމެވެ. މުނިއަވަސް އިން އަބަދުވެސް އެދެނީ، ޖައިލަމަށް ކުރިއެރުމާއި ފާގަތި ކަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.