ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް” – މެންބަރަކަށްވުމުގެ ފުރުޞަތު!

ދިވެހި މިއުޒިކީ ފަންނާނުން ޖަމިއްޔާ “މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް“ގެ މެންބަރަކަށް ވުމަށް ރަޖިސްޓަރ ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއުޒިކީ ފަންނާނުނަށް މި ފުރުޞަތު އެ ޖަމިއްޔާާއިން ހުޅުވާލާފައިވަނީ މިއަދުން ފެށިގެންނެވެ.

މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް“ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ޖަމްޢިއްޔާގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާނެކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް” ރެޖިސްޓަރީކުރީ ރާއްޖޭގެ މިއުޒިކް ދާއިރާ ކުރިއެރުވުމަށްޓަކައި ފަންނާނުންތަކެއް އިސްނަގައިގެން މިދިޔަ ޖުލައިމަހުގެ 20 ވަނަ ދުވަހުއެވެ.

މިއުޒިކްގެ ދާއިރާގައި ޙަރަކާތްތެރިވާ ފަންނާނުންތަކެއް ގުޅިގެން ފެށި މިޖަމްޢިއްޔާގެ މަޤްޞަދަކީ ދިވެހި މިއުޒިކް ސިނާޢަތުގައި އުޅޭ ހުރިހާ ފަންނުވެރިން ކުރިއަރުވާ، ބާރުވެރިކުރުވުމަށެވެ.

މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް” އިން މަސައްކަތްކުރާނީ ދިވެހި މިއުޒިކީ ފަންނާނުންގެ ހައްގުތައް ހޯދައިދީ ފުރުޞަތުތައް ފަހިކޮށްދިނުމަށެވެ. އެގޮތުން މިއުޒިކީ ފަންނާނުންނަށް ހުރި ގޮންޖެހުންތައް ހޯދައި އެފަރާތްތަކުންގެ ހައްގުތަކަށާއި އެ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެ ޖަމިއްޔާއިން މަސައްކަތްކުރާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top