ޢީސަ އޮންލައިން ޕޮއެޓްރީ (އީއޯޕީ)ން ގެނެސްދޭ މުނިއަވަސް : ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1″ ގެ ވީޑިއޯ ޓްރެއިލާ ދައްކާލައިފިއެވެ. މިގޮތުން ދައްކާލާފައިވަނީ މި މުބާރާތުގެ ޓައިޓްލް ވީޑިއޯ އެކެވެ.

މި މުބާރާތަކީ އުމުރުން 07 އަހަރާއި 65 އަހަރާއި ދެމެދުގެ ބޭފުޅުންނަށް ޚާއްޞަކޮށްގެން ގެނެސްދޭ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވައިލި ފުރުޞަތުގެ ތެރޭގައި 75 ބޭފުޅުން ރެޖިސްޓަރ ކޮށްފައިވެއެވެ. ރެޖިސްޓްރީކުރެއްވި ބޭފުޅުންގެ ވީޑިއޯތައް މިހާރު މުނިއަވަސް އާއި އީއޯޕީއަށް ލިބެން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގައި ތަަރުޖަމާ ހުށައަޅަން ޖެހެނީ އާޔަތްތަކުގެ ތަރުޖަމާ އެކަންޏެވެ. އެގޮތުން ތަރުޖަމާ ކިޔަން ފެށުމުގެ ކުރިން ތަރުޖަމާ ކިޔަނީ ކޮން ސޫރަތެއްގެ ކިތައްވަނަ އާޔަތުން ކިތައްވަނަ އާޔަތަށްކަން ވިދާޅުވުމަށްފަހު، بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ ކިޔައި ބިސްމިނުގެ ތަރުޖަމާ ކިޔައި އާޔަތްތަކުގެ ތަރުޖަމާ ކިޔަން ފަށާނީ އެވެ. ނިންމަން ވާނީ صدق الله العظيم ކިޔަމުންނެވެ.

މުބާރާތުގައި މާކްސް ދިނުމުގައި ބަލާނީ ތަރުޖަމާ ހުށައަޅައިދިނުމަށެވެ.

މުބާރާތުގެ އިތުރު ތަފުޞީލު މި އާޓިކަލް އިން ވިދާޅުވެވޭނެއެވެ.

https://www.youtube.com/watch?v=Y-h-8beQpkc

ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތަށް ވީޑިއޯ ފޮނުވޭނެ ސުންގަޑި އެނގޭތަ؟ – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.