މާލެސަރަހައްދުގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް މާލެއަށް އަރާފޭބުން މަނާކޮށްފިއެވެ.
އަތޮޅުތެރެއަށް ބަލި ދިއުން ކޮންޓްރޯކުރުމަށާއި، މާލޭގައި ދިރިއުޅޭ މީހުންގެ ރައްކަލަށްޓަކައި އަޅާ މިފިޔަވަޅާއެކީ މިއަދުން ފެށިގެން މާލެއަށް ޚާއްޞަ ހުއްދައެއް ނެތި އެރުންވަނީ މަނާކޮށްފައެވެ.
މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ އަތޮޅުތަކަށް ބަލި ފަތުރޭ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހިންމު ކަންތައްތަކެއް ރައްޔިތުންގެ ސަމާލުކަމަށްޓަކައި ވަނީ އަންގާފައެވެ. އެގޮތުން،
– ރޭގަނޑު 10:00ން ފަތިހު 05:00 އަށް މާލެއަށް ކާފިއު ހިންގުން،
– ރޭގަނޑު 09:30ގައި ފިހާރަތައް ބަންދުކުރުން،
– 05 މީހުނަށް ވުރެން ގިނަ މީހުން އެއްފަހަރާ ތަންތަނަށް އެއް ނުވުން،
– ޕާޓީ، ކުޅިވަރުގެ ހަރަކާތްތައް، ކުޅިވަރު ފަރިތަކުރުން ނުބޭއްވުން،
– ޚާއްޞަ ހުއްދައެއްގެ ދަށުން މެނުވީ މާލެއަށް އަރާފޭބުން މަނާކުރުން ހިމެނެއެވެ.
ރާއްޖޭގެ 12 ރަށަކުން ކޯވިޑްގެ ކޭސްތަކެއް މިހާރު ވަނީ ފެނިފައެވެ. މީގެ ތެރޭގައި 2 ރިޒޯޓާއި، މީހުން ދިރިއުޅޭ 10 ރަށެއް ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން



