ފިލްމު “ކަހާނީ”، “ނޯ ވަން ކިލްޑް ޖެސިކާ”، “ޝަކުންތަލާ ދޭވީ” ފަދަ ކާމިޔާބު ފިލްމުތަކުން ހުނަރުވެރި އެކްޓިންއެއް ދައްކާފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ވިދްޔާ ބާލަންގެ ކުރިއަށް އޮތް ފިލްމު “ޝޭރްނީ”ގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

ފޮރެސްޓް އޮފިސަރެއްގެ ރޯލުން ވިދްޔާ ފެނިގެންދާ “ޝޭރްނީ” ރިލީޒްކުރާނީ އެމެޒޯން ޕްރައިމްގައި މިމަހު 18ގައެވެ. އަމިތު މާސްކަރު ޑައިރެކްޓްކޮށް އުފައްދާ މި ފިލްމުގައި ވިދްޔާގެ އިތުރުން ހަރަކާތްތެރިވާ ބައެއް ތަރިންނަކީ މުކުލް ޗައްދާ، ވިޖޭ ރާޒް، އިލާ އަރުން އަދި ނީރަޖް ކަބީ އެވެ.

ވިދްޔާގެ ފިލްމެއް އެންމެ ފަހުން ރިލީޒްވެފައިވަނީ މިދިޔަ އަހަރު އެވެ. އެ ފިލްމަކީ “ޝަކުންތަލާ ދޭވީ” އެވެ. މި ފިލްމުވެސް ރިލީޒްކޮށްފައިވަނީ އެމެޒޯން ޕްރައިމްގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.