ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބައިސްކޯފުން “އުނބު” ނެރެނީ!

ދިވެހިވަންތަ ލަވަތައް ގެނެސް ދޭން ވަރުގަދަ ފޯރިއެއް ހުންނަ ‘ޑިމްބާ މިއުޒިކް‘ގެ 17ވަނަ އަލްބަމް “އުނބު” ބައިސްކޯފުން ވަރަށް އަވަހަށް ނެރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފިއެވެ.

ބައިސްކޯފުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ “އުނބު” ނެރުން ވަރަށް ކައިރިވެއްޖެކަމަށާއި މިއީ އަނެއްކާވެސް ދިވެހިވަންތަ މިއުޒިކަށް އިތުރުވެގެންދާ ތާޒާ ވައިރޯޅިއަކަށް ވެގެންދާނެ ކަމަށެވެ.

“އުނބު”ގެ ލަވަތައް ކިޔާފައިވަނީ މުއާދް، ޒާރާ، ހަައިޝަމް، ރިޒޫ، އަޒޫބެ، އާޝާ، ޔައީޝް އާއި ނިބް އެވެ.

“އުނބު” ސްޓްރީމް ކުރެވޭނީ ހަމައެކަނި ބައިސްކޯފުންނެވެ. އެހެންކަމުން ދިވެހިވަންތަ މިއުޒިކަށް ޝަޢުޤުހުންނަ ފަރާތްތަކުން ‘ޑިމްބާ މިއުޒިކް’ގެ “އުނބު” އަޑުއަހައިލުމަށް ބައިސްކޯފަށް ވަދެ، ސަބްސްކްރިޕްޝަން ފީޗާ ނަގައިގެން އަލްބަމް އަޑުއަހައިލެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top