ކަލާޒް ޗެނެލުން ގެނެސްދޭ އެކްތާ ކަޕޫރްގެ މަގުބޫލު ސިލްސިލާ ”ނާގިން 5“ އަށް އިންތިޒާރު ކުރަމުން އަންނަ ފަރާތްތަކަށް މިއީ އުފާވެރި ޚަބަރަކަށް ވާނެކަން ގައިމެވެ. ”ނާގިން 5“ ދައްކަން ފަށާނެ ތާރީޚް މިހާރު މިއޮތީ ހާމަކޮށްފައެވެ.
”ނާގިން 5“ ދައްކަން ފަށާނީ 09 އޮގަސްޓް 2020 ގައެވެ. މީގެ އެންމެ ތިން ދުވަސް ފަހުންނެވެ. ސީރީޒްގެ ކުރު ޕްރޮމޯ ކްލިޕެއް މިހާރު ދޫކޮށްލާފައި ވާއިރު، އެއިން ފެންނަނީ ހީނާ ޚާން އެވެ. ހީނާ އަކީ ބާރުގަދަ އިއްޗާދާރީ ނާގިން އެއްގެ ގޮތުގައި ދައްކާފައިވެއެވެ.
View this post on Instagram
2015 އިން ފެށިގެން ބާލާޖީ ޓެލެފިލްމްސްގެ ކުޑަދަށުން ޕްރޮޑިއުސަރު އެކްތާ ކަޕޫރް ގެނެސްދެމުން އަންނަ ސުޕަނެޗްރަލް ސިލްސިލާގެ މި ސީޒަނުގެ މައި ބަތަލަކީ މި ފަހަރު ދީރަޖް ދޫޕަރެވެ. އޭނާއާ އެކު ”ނާގިން 5“ އިން ހީނާ އާއި މޯހިތު ވެސް ފެނިގެންދާނެއެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި




