ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާޖް މެހެތާގެ އާ ފިލްމުގައި ވަރޫންއާއި ކިއާރާ؟

ވަރޫން ދަވަންއާއި ކިއާރާ އަދުވާނީ އެކުގައި ފިލްމަކުން ފެންނާނެކަމަށް ޚަބަރުތައް ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުގައި މި ދެ ތަރިން ފެންނާނީ މިދިޔަ އަހަރު “ގުޑް ނިއުޒް” ގެނެސްދިން ޑައިރެކްޓަރ، ރާޖް މެހެތާގެ ފިލްމަކުންނެވެ. މިއީ ރޮމޭންޓިކް ކޮމެޑީއެއް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މީގެ ކުރިންވެސް މި ދެ ތަރިން ވަނީ “މރ. ލޭލޭ” ކިޔާ ފިލްމަކަށް ސޮއިކޮށްފައެވެ. ނަމަވެސް ޝަޝަންކް ކައިތާން ޑައިރެކްޓްކުރާ ގޮތަށް އޮތް އެ ފިލްމުގެ ތާރީޚުތައް ކިއާރާ ކުޅޭ ފިލްމު “ބޫލް ބުލައްޔާ 2″ގެ ތާރީޚުތަކާ ފުށުއަރާތީ ކިއާރާ ވަނީ އެ ފިލްމު ދޫކޮށްލާފައެވެ.

މީގެ ކުރިން ވަރޫންއާއި ކިއާރާ ވަނީ “ކަލަންކް”ގެ ލަވައެއްގައި އެއްކޮށް މަސައްކަތްކޮށްފައެވެ. އެހެންކަމުން ބޮޑު ފިލްމަކުން އެ ދެމީހުންގެ ޖޯޑު ބަލައިލަން ފޭނުން ތިބީ އިންތިޒާރު ކޮށްކޮށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top