ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޫމިންގެ “ގަމިނި” 25 ސެޕްޓެމްބަރުގައި ބައިސްކޯފަށް

ބައިސްކޯފުން ޕްރޮޑިއުސްކޮށް، މަޝްހޫރު ޑައިރެކްޓަރ މޫމިން ފުއާދު ލިޔެ، ޑައިރެކްޓުކޮށްފައިވާ ކްރައިމް ތުރިލާ “ގަމިނި” ބަލަން ކެތްމަދުވެފައި ތިބި ފަރާތްތަކުގެ އިންތިޒާރަށް އަންނަ ސެޕްޓެމްބަރު މަހު ނިމުން އަންނާނެއެވެ. ބައިސްކޯފުން ބުނީ ސެޕްޓެމްބަރު 25ން ފެށިގެން “ގަމިނި” ސްޓްރީމްކުރަން ފަށާނެ ކަމަށެވެ.

މިއީ ބައިސްކޯފުން ގެނެސްދޭ ވަރަށް ތަފާތު މަސައްކަތެއްކަން “ގަމިނި”ގެ ޓްރެއިލަރުން ފެނިގެންދެއެވެ. “ގަމިނި” އިން 1980ގެ އަހަރުތައް ފެނިގެންދާނެއެވެ. އެގޮތުން މި ސީރީޒުން ފެނިގެންދާނެ އެންމެ ތަފާތު މަންޒަރުތަކަކަށް ވާނީ މީގެ 40 ވަރަކަށް އަހަރު ކުރިން، ދިވެހިން ހެދުން އަޅައި އުޅުނު ގޮތާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތްތަކެވެ.

“އެހެން ބަޔަކު، އެހެން ތަނެއްގައި، އެހެން ޒަމާނެއްގައި ކުރާ ކަމެއްގެ ސަބަބުން، އޭގެ ނަތީޖާ މިހާ ހިސާބަށް އަންނައިރު، އެ ފޯރާފައި ހުންނަވަރު ދައްކައިދޭނީ،” ޖުމްލަ 13 އެޕިސޯޑް ހިމެނޭ މި ވެބް ސީރީޒްގެ ކުރު ޚުލާސާއެއް ދެމުން މޫމިން ބުނެފައިވެއެވެ. ބައިސްކޯފުން އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައިވެސް ބުނެފައިވަނީ ހަމަ މި އިބާރާތްކޮޅެވެ.


”ގަމިނި“ ޝޫޓްކުރީ އެންމެ ރަށެއްގައެއް ނޫނެވެ. އެގޮތުން ތ. ވޭމަންޑޫ އާއި ހަމަ އެ އަތޮޅު ކިނބިދޫ، އއ. މަތިވެރި އާއި ހަމަ އެ މަޑޫގަލި، މަތިވެރި އަދި ފެރިދޫގެ އިތުރުން ފ. ނިލަންދޫގައި ޝޫޓްކޮށްފައިވެއެވެ.

މި ސީރީޒްގައި ބޮޑު ކާސްޓެއް ވެސް ހިމެނެއެވެ. އެގޮތުން މުހިންމު ރޯލުތަކުން ފެންނާނީ މަޝްހޫރު ކޮމޭޑިއަން ޔޫސުފު ރަފީޢު (ޔޫސޭ)، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އަހްމަދު އާސިމް، މަރިޔަމް ޝަކީލާ އަދި އަހްމަދު ޝާކިރު، ނިޝާ (ނިޝްކޮ)، ފަދަ އެކްޓަރުންނެވެ. މީގެ އިތުރުން އާ ތަރިންތަކެއްވެސް ފެނިގެންދާނެއެވެ.

https://www.facebook.com/baiskoafu/videos/1449182131912340/

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top