އެޓަރނަލް ޕިކްޗަރޒް އިން މުޙައްމަދު ނިޔާޒް (ޓެޑްރީ) ގެނެސްދޭ ”ލަސްވިޔަސް“ގެ ފިރިހެން ލީޑް ހާމަކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން މިއަދު މިއޮތީ ފިލްމުގެ އަންހެން ލީޑް ހާމަކޮށްފައެވެ.

”ލަސްވިޔަސް“ގެ ލީޑަކީ އާދައިގެ ލީޑެއް ނޫންކަން މީގެ ދުވަސްކޮޅެއް ކުރިން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ޓެޑްރީ ބުނެފައިވެއެވެ. އެހެންކަަމުން މި އަގުހުރި ފުރުޞަތު ލިބިފައިވަނީ މަރްޔަމް ޝިފާ (މަރްޔަމް ޝިފް) ކިޔާ ކުއްޖަކަށެވެ. ޝިފް އަކީ ޓީވީގެ ޕްރެޒެންޓަރެެކެވެެ. ޝިފް އަކީ ޓިިިިކްްްްޓޮޮޮކްްގައިި ވެެެސްް މަޝްހޫރު ތަރިއެެެެކެެެެެެެވެ.

މަރްޔަމް ޝިފާ (ޝިފް)

ޓެޑްރީ ބުނީ މަރްޔަމް ޝިފާ (މަރްޔަމް ޝިފް) އާއެކު، “ލަސްވިޔަސް”ގެ ޕްރައިމަރީ ކާސްޓް ހަމަވެފައިވާކަމަށެވެ. އެގޮތުން ފިރިހެން ލީޑުން އަޙްމަދު އީސާ (އާނަންދު) ފެނިގެންދާއިރު، ކުރީގެ އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ދަރިފުޅު ޒޯޔާ ޙަސަން އިބްރާހީމް ވެސް ފެނިގެންދާނީ ލީޑުންނެވެ.

“ލަސްވިޔަސް”ގެ މައިގަނޑު ލީޑް، ޒޯޔާ، މަރްޔަމް އަދި އާނަންދު – ފޮޓޯ: އެޓާރނަލް ޕިކްޗަރޒް

“ލަސްވިޔަސް”ގައި މަރްޔަމް ޝިފާ (މަރްޔަމް ޝިފް) ފެނިގެންދާނީ ‘ޔުސްރާ’ގެ ކެރެކްޓަރއިން ނެވެ. އާނަންދު ފެނިގެންދާނީ ‘އިޤްބާލު’ ކިޔާ މީހެއްގެ ކެރެކްޓަރއިންނެވެ. ޒޯޔާ ފެނިގެންދާނީ ’ހަމްރާ’ގެ ކެރެކްޓަރ އިންނެވެ. ފިލްމުގެ ލީޑަށް މަރްޔަމް ޝިފާ (މަރްޔަމް ޝިފް) ހޮވިފައި މިވަނީ ވަރަށް ގިނަ ޢަދަދެއްގެ ކުދިން ހިމަނައިގެން ކުރިއަށް ގެންދިޔަ އޮޑިޝަނަކުންނެވެ.

“ލަސްވިޔަސް” އަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލައަށް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.