އިއްޔަ ރެކޯޑްސް އިން ނެރުނު “ސޮރީ ހަނީ” އުފެއްދުމުގެ މަސައްކަތުގެ ފަހަތުގައި ތިބި ‘ސިމް އޮއޭސިސް‘ގެ ކުރު ފިލްމު “ހަސްކާ”ގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުން އަންނަ އިރު، ފިލްމުގެ ޓްރެއިލާއެއް ވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.
ސިމާހް (އޮމްބެ) ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ 55 މިނެޓްގެ “ހަސްކާ” އަކީ ނ. ވެލިދޫ ޒުވާން ފަންނާނުންތަކެއް އުފައްދަމުން އަންނަ ފިލްމެކެވެ. ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނީ ރިޝާން (ރިޗީ) އެވެ. ކެމެރާކުރަނީ މަފާޒް އާއި އިބްރޫ އެވެ.
“މީތި ކުޅެފަ މީނދީ ނ. ވެލިދޫގަ. ފިލްމުގެ ހުރިހާ ކަމެއްވެސް ކުރީ މިކޮޅުގަ.” ފިލްމާބެހޭގޮތުން ވާހަކަދައްކަމުން މުނިއަވަސް އަށް ސިމާހް ބުންޏެވެ.
ހަޤީޤީ ހާދިސާތަކަކުން އިންޕަޔާވެގެން ހަދާ ފިލްމު “ހަސްކާ” ޕްރިމިއާކުރަން ނިންމާފައިވަނީ 10 ސެޕްޓެމްބަރު 2020ގައި، ނ. ވެލިދޫ ‘މަގޭ ސިނަމާ’ގައެވެ.
‘ސިމް އޮއޭސިސް‘ އަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ޚިދުމަތް ދިނުމަށް ނ. ވެލިދޫގައި ހިންގަމުން އަންނަ ސްޓޫޑިއޯއެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
