ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އޭ ބަލަ މިހިރަ ލަތީފާ” ޑައިލޮގް މޮޅު ނެށުމަކުން

1987 ވަނަ އަހަރު ނުކުތް ދިވެހި ފިލްމު “އިތުބާރު”ގެ ޑައިލޮގުތަކަކީ ދިވެހީންގެ ތެރޭގައި ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ޑައިލޮގުތަކެކެވެ. ވަކިން ޚާއްޞަކޮށް އެ ފިލްމުގައި ހުނަރުވެރި އެކްޓިން އެއް ދައްކާފައިވާ މަރުހޫމާ ހާޖަރާ ޢަބްދުލްކަރީމްގެ “އޭ ބަލަ މިހިރަ ލަތީފާ” ޑައިލޮގުކޮޅު ފާހަގަކޮށްލެވެއެވެ. ހުނަރުވެރި ދިވެހި އަންހެންކުދިންތަކެއް މި ޑައިލޮގަށް ހަދާފައިވާ ނެށުމުގެ ވީޑިއޯއެއް މިއަދު މިވަނީ ވައިގައި ހިފާފައެވެ.

‘ޓިކްޓޮކް’ގައިވެސް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ “އޭ ބަލަ މިހިރަ ލަތީފާ” ޑައިލޮގަށް  ޒުވާން ތިން  އަންހެންކުދިން ގެނެސްދީފައިވާ ތަފާތު ނެށުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފައި ވާއިރު، މިނިސްޓަރ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފްގެ ސަމާލުކަންވެސް މި ވީޑިއޯކޮޅަށް ވަނީ ހުއްޓިފައެވެ.

“ޒުވާން ހުނަރުވެރި ފަންނުވެރިންތަކެއްގެ ފަރާތުން ފެނިފައިވާ ވަރަށް މޮޅު ހުށައެޅުމެއް” މިނިސްޓަރ މަހްލޫފު ކުރެއްވި ޓްވީޓްގައި ބުނެފައިވެއެވެ.


ގިނަ ބައެއްގެ ސަމާލުކަން ލިބި މީސްމީޑިއާގައި ވައިގައި ހިފާފައިވާ މި ވީޑިއޯއަކީ މިހައިތަނަށް މި ޑައިލޮގަށް ގެނެސްދީފައިވާ އެންމެ ފުރިހަމަ ހުށައެޅުންކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top