އައިފޯން 12 އަދި އައިފޯން 12 ޕްރޯ ނެރޭ ތާރީޚަށް އިންތިޒާރުކުރަމުން އަންނަ ފަރާތްތަކަށް މިއީ ހިތްގައިމު ޚަބަރަކަށް ވާނެއެވެ.
އައިފޯނު 12 ނެރޭނެ ތާރީޚަކީ މި މިމަހު 15 ވަނަ ދުވަހު ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. މި ތާރީޚްގައި އެޕަލްގެ އިތުރު ތިން ފޯނެއްވެސް ނެރޭނެއެވެ. އެގޮތުން އައިފޯނު 12 މެކްސް، އައިފޯނު 12 ޕްރޯ އަދި އައިފޯނު 12 ޕްރޯ މެކްސް ވެސް މި ތާރީޚްގައި އެޕަލް އިން ބާއްވާ ބޮޑު ރަސްމިއްޔާތެއްގައި ނެރޭނެއެވެ.
ވޭތިވެދިޔަ އަހަރުތަކުގައި އައިފޯނު ނެރެފައިވަނީ ސެޕްޓެމްބަރު މަހު ކުރީގޮޅުގައި ނަމަވެސް، އެޕަލް ކުންފުނިން ބުނީ މި އަހަރު އައިފޯނުތައް ބާޒާރަށް ނެރެވޭނީ ކުރިން ނެރޭ ތާރީޚަށް ވުރެން ފަހުގެ ތަރީޚެއްގައި ކަމަށެވެ.
ލަސްވިޔަސް ހާސްނުވާށެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނޭ ބުނާ ބީދައިން، އައިފޯނު ނެރޭ އިރު، މުހިންމު ކުރިއެރުންތަކެއް ހިމެނޭނެއެވެ. އެގޮތުން ފުރަަތަމަ ފަހަރަށް އައިފޯނަށް 5ޖީ ލިބޭނެއެވެ.
ލީކްވެފައި ބައެއް ޚަބަރުތައް ބުނާގޮތުން އައިފޯނު 12 ޕްރޯގެ މޮޑެލްގައި ލައިޑާރ ސްކޭނާ (LiDAR scanner) ހުންނާނެއެވެ. މިއީ އައިޕެޑް ޕްރޯ 2020 ގައި ހިމަނާފައިވާ ފީޗާއެކެވެ. ސްކްރީން ސައިޒްތައް ވެސް ތަފާތެވެ. އެންމެ ކުދި ސްކްރީނުގެ ސައިޒަކީ 5.4 އިންޗިއެވެ. އެންމެ ބޮޑެތި ފޯނުތަކުގެ ސްކްރީން ސައިޒަކީ 6.7 އިންޗިިއެވެ.
ޕަވަރ ނުވަތަ ޗާޖަށްވެސް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުންވެސް އިތުރު ބަދަލުތަކާއިއެކު ގިނަ ކުރިއެރުންތަކެއް ހިމެނޭނެއެވެ.
އައިފޯނު 12ގެ މައިގަނޑު ތަފުޞީލުތައް
– އައިފޯނު 12 އަކީ ކޮބާ؟ – އެއީ އެޕަލްގެ އައިފޯނު ޢާއިލާގެ އައު މޮޑެލެއް
– އައިފޯނު 12 ނެރޭނީ ކޮން ތާރީޚަކު؟ – 15 ސެޕްޓެމްބަރު 2020 ގައި
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!