ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކަރުހަކުރު” ސިޓްކޮމްގެ 06 އެޕިސޯޑް ނިންމައިފި

ބައިސްކޯފު ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ސިޓިންރޫމް ކޮމެޑީ ”ކަރުހަކުރު”ގެ ތިންވަނަ ސީޒަންގެ 06 އެޕިސޯޑްގެ ޝޫޓިން ނިމިފައިވާކަމަށް މުނިއަވަސް އަށް މަޢުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން މުނިއަވަސް އަށް ބުނީ ”ކަރުހަކުރު”ގެ 06 އެޕިސޯޑްގެ ޝޫޓިން ނިމިފައިވާކަމަށާއި މިހާރު 07 ވަނަ އެޕިސޯޑްގެ ކަރުދާހުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ. އެނގިފައިވާ ގޮތުން ”ކަރުހަކުރު”ގެ ޝޫޓިންތައް ކުރިއަށް ގެންދަނީ ވަރަށް ހަލުވި ސްޕީޑެއްގައެވެ.

އަންނަ އޮކްޓޫބަރު މަހު ”ކަރުހަކުރު” ދައްކަން ފަށާނެ ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، ބައިސްކޯފުގެ ޓްވިޓަރގައި ކޮށްފައިވާ ޕޯސްޓަކުން އެކަމުގެ އިޝާރާތެއްވެސް ވަނީ ލިބިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން މިފަހަރުގެ ސީޒަންގައިވެސް ހިމެނޭނީ 12 އެޕިސޯޑެވެ. މުޙައްމަދު މުންތަސިރު (މުންކޮ)ގެ ކޮންސެޕްޓަކަށް، މަޙްދީ އަޙްމަދު ސްކްރީންޕްލޭ ލިޔެ މުންކޮ ޑައިރެކްޓްކުރާ ”ކަރުހަކުރު“ މިއީ އޯކޭޒް އިންކް އާއި ބައިސްކޯފު ގުޅިގެން އުފައްދަމުން އަންނަ ސީރީޒެކެވެ.

ކަރުހަކުރު“ ސީރީޒް ގެ މައިގަނޑު ކާސްޓުނަކީ މަޝްހޫރު ލަވަކިއުންތެރިޔާ ލަމްހާ ލަތީފް (ލިއުޝާ)، މަޝްހޫރު ފިލްމީ ތަރި އަލީ އާޒިމް (ޒެކް)، ދިވެހި ބަހުގެ މާހިރު ޞާދުބޭގެ ހަގު ދަރިފުޅު ރައުފަތު ޞާދިޤު (ނާއިފް)، އައިޝަތު ޢަލީ (ލީޒާ) އާއި ޙުސައިން ނާޒިމް (ރަޝީދު) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top