ޗެންނާއި ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މަޤުބޫލު ލަވަކިޔުންތެރިޔާ އެސްޕީ ބާލަސުބްރަމާނިޔަމް (އެސްޕީބީ) މިއަދު މަރުވެއްޖެއެވެ. އޭނާއަށް ފަރުވާދިނުމަށް އެމްޖީއެމް ހެލްތުކެއަރ ގައި އެޑްމިޓުކުރީ އޯގަސްޓް 05 ގައެވެ.

އެސްޕީ ބާލަސުބްރަމާނިޔަމް ބަލިން ރަނގަޅުވިކަމަށް މި މަހުގެ 7 ވަނަ ދުވަހު އޭނާގެ އާއިލާއިން ބުންޏެވެ. ނަމަވެސް އެޑްމިޓްކުރި ފަހުން އޭނާގެ ހާލު ވަރަށް ބޮޑަށް ގޯސްވެފައިވާތީ މިއަދާ ހަމައަށް ބާލަސުބްރަމާނިއަމަށް ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގަ އެވެ.

އެސްޕީ ބާލަސުބްރަމާނިޔަމް ނިޔާވުމުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އެކަން ސިފަކުރަނީ އިންޑިޔާގެ ސަގާފީ ދުނިޔެއަށް ބޮޑު ފަގީރުކަމެއް ލިބިގެން ދިޔަ ކަމަށެވެ.

ބާލަސުބްރަމާނިޔަމްގެ މަރުގެ ޚަބަރާ އެކު އިންޑިއާގެ މިއުޒިކާއި ފިލްމީ އިންޑަސްޓްރީގެ ފަންނާނުން އަންނަނީ ހިތާމަފާޅުކޮށް، އާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.

އުމުރުން 74 އަހަރުގެ ލަވަކިޔުންތެރިޔާގެ ލަވަކިޔުމުގެ ކެރިއަރުގައި ހޭދަކުރި 55 އަހަރުގައި އޭނާވަނީ 40،000 ވަރަކަށް ލަވަ ކިޔާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.