ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތަޖުރިބާކާރުން ބުނާގޮތުން “ގްރޭޑްސް” އަކީ އޮވެގެންވާނެ އެއްޗެއް ނޫން

އުނގެނުމާއި އުނގަންނައިދިނުމާއި ގުޅޭ ތަފާާތު ދިރާސާތައް އަބަދުވެސް ދުނިޔޭގައި އަންނަނީ ކުރެވެމުންނެވެ. އެގޮތުން ބައެއް ދިރާސާ ތަކަކީ އެއާމެދު ދެބަސްވުންތަކެއް ނުވަތަ ޚިލާފު އުފެދިފައިވާ ދިރާސާތަކެކެވެ.

އެލްފީީ ކޯން އަކީ ޕެޑަގޮޖީ ނުވަތަ އުނގަންނައިދިނުމުގެ ވައްޓަފާޅިއާ މެދު އެންމެ ބޮޑު ޚިލާފެއް ގެންގުޅޭ އެއް ދާރިސް (ލެކްޗަރަރ) ނުވަތަ ލިޔުންތެރިޔާ އެވެ. ޒަމާނުއްސުރެން އުނގަންނަދިނުމާއި ގްރޭޑިންގ ސިސްޓަމް (ދިވެހިން އާއްމުކޮށް ބޭނުންކުރާ ބަހުރުވައިން ނަމަ، ރިޕޯޓް ދިނުމުގެ އުސޫލު) އާއި މެދު ބޮޑު ޚިލާފީ ވިސްނުމެއްގެ މައްޗަށް 14 އަށް ވުރެން ގިނަ ފޮތް އެލްފީީ ކޯން ވަނީ ލިޔުއްވާފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ފޮތަކީ 2004 ވަނަ އަހަރު ޝާއިޢުކޮށްފައިވާ “ވަޓް ޑަޒް އިޓް މީން ޓު ބީ ވެލް އެޑިއުކޭޓެޑް؟ އެންޑް މޯރ އެސޭސް އޮން ސްޓޭންޑަރޑްސް، ގްރޭޑީން އެންޑް އަދަރ ފޯލީސް” (What Does It Mean To Be Well Educated? And More Essays on Standards, Grading, and Other Follies) ފާހަގަކޮށްލެވެއެވެ.

ގްރޭޑިންގ ނުވަތަ ރިޕޯޓް ދިނުމަކީ ގެންގުޅެން ނުވާނެ އުސޫލެއްކަމާއި އެކަމުގެ ސަބަބުން ހެދިބޮޑުވަމުން އަންނަ ކުއްޖާއަށް ލިބޭނެ ގެއްލުންތައް ބަޔާންކޮށް، އެކަމުގެ ސަބަބުތައް މި ގެނެސްދޭ ކުރު ވީޑިއޯގައި އެލްފީ ކޯން ވަނީ ޚުލާޞާކޮށްދީފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
Home
Menu
Search
Back to top