ޖައްވީ އުޅަނދު ‘އެޕޯލޯ’ އިން ހަނދަށް ދިޔަތާ މިއަދާ ހަމައަށް މިވީ 51 އަހަރެވެ. ހަނދަށް ދިޔަތާ ޒަމާންތަކެއް ފަހުން އަނެއްކާވެސް ހަނދަށް ދިއުމަށް ތައްޔާރުވަމުން އަންނަކަމަށް މިވަނީ ޚަބަރު ފެތުރިފައެވެ.
ނޭޝަނަލް އެރޮނޮޓިކް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން 2024 ވަނަ އަހަރު ހަނދަށް ދިއުމަށް ތައްޔާރުވަމުން އަންނަނީ ‘އާރޓެމިސް’ ކިޔާ މަޝްރޫޢެއްގެ ދަށުންނެވެ. މިއީ އިންސާނުން ޕްލެނެޓް މާސް އަށް ދިއުމަށް ހިންގާ މަޝްރޫއަށް އެޅިގެންދާ ހަރުފަތެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފަސް މިނެޓްގެ މި ކުރު ވީޑިއޯ އަކީ ނާސާގެ ރަސްމީ ޔޫޓިއުބް ޗެނަލަށް ލާފައިވާ ވީޑިއޯ އެކެވެ. މި ވީޑިއޯގައި ނާސާ އިން ހަނދަށް ދިއުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތަޞައްވުރެއް އޮޅުންފިލުވައިދީފައި ވެއެވެ.
އެޕޯލޯ 11 ހަނދަށް ދިޔައީ 1969 ގެ ޖުލައި މަހު 20 ވަނަ ދުވަހުއެވެ. އެއީ އަލަށް ހަނދުގައި އިންސާނުން ފައި ބީއްސާލީ ތާރީޚީ ދުވަހެވެ. ކަޅާ ހުދުގެ މަންޒަރާއި އެކުގައި މި ތާރީޚީ މިޝަން، ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މީހުން ވަގުތުން ބަލަމުން އަޑުއަހަމުން ދިޔައެވެ.
އެޕޯލޯ 11 ގެ އިސް ކޮމާންޑަރު ނީލް އާމް ސްޓްރޯންގް އާއި ބަޒް އެލްޑްރިން ހަނދަށް ފޭބީ އެމީހުންގެ ޖައްވީއުޅަނދު “ކޮލަމްބިއާ”ގެ ލޫނަރ މޮޑިއުލް “އީގަލް” އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!