ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑާކްރެއިންޝޯޓްސްގެ “ދަޢުވަތު” ބަލައިފިންތަ؟

ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ސަޕޯޓަރުންނަށް ޚާއްޞަކޮށްގެން ގެނެސްދޭ ކުރު ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމު “ދަޢުވަތު” އެ ސްޓޫޑިއޯގެ ޔޫޓިބް ޗެނަލްގައި މިއަދު ރިލީޒްކޮށްފިއެވެ.

މިސްޓްރީ ތުރިލާ “ދަޢުވަތު”ގައި ހަރަކާތްތެރިވަނީ ކޮމީޑިއަން އަޙްމަދު ސުނީ، މަރްޔަމް ޝިފާ (ޝިފް)، ހޫދު އިބްރާޙީމް އެވެ.

މިއީ ހުނަރުވެރި ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) ލިޔެ ޑައިރެކްކޮށްފައިވާ ކުރު ފިލްމެކެވެ. ޕްރޮޑިއުސްކުރީ ޢާއިޝަތު ފުއާދު އާއި މުޙައްމަދު ޢަލީ (މޮގާ) އެވެ. މީގެ ސައުންޑް މިކްސިން އަދި އެޑިޓިންހެދީ ވެސް ޗިއްޕެއެވެ.

https://www.youtube.com/watch?v=4LyElUw-BuA

”ޑާކްރެއިންޝޯޓްސް“އަކީ އެ ޕްރޮޑަކްޝަންގެ ވަފާދާރު ފޭނުންނަށް ގެނެސްދޭ ސަންސްޕެންސްތަކާއި ޓްވިސްޓްތަކުން ފުރިފައިވާ ކުރު ފިލްމުތަކެއް ކަމަށް އެ ޕްރޮޑަކްޝަން ހައުސް އިން ބުނެއެވެ.

މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފޭނުންގެ ފަރާތުން މެދުނުކެނޑި ލިބެމުން އަންނަ ސަޕޯޓަށް ޝުކުރު އަދާކުރުމުގެ ގޮތުން އެ ޕްރޮޑަކްޝަނުން ނެރޭ ކުރު ފިލްމުތަކެކެވެ. މި ކުރު ފިލްމުތަކަކީ ކޮވިޑް-19ގެ މި ދަތި ދަނޑިވަޅުގައި އާޓިސްޓުންނަށްވެސް ސަޕޯޓެއް ދިނުމަށް ފެށި ޕްރޮޖެކްޓެއް ކަމަށް ޑާކްރެއިން އިން ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top