ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހެހެސް” ފިލްމުން އިން ފަހަނައެޅި އިޝްޤް ދެއްކުމުގައި ޝިފާގެ ހުނަރު!

ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ދިވެހި ފިލްމު “ހެހެސް”ގައި އިން ފަހަނައެޅި އިޝްޤް ފެނިގެންދާއިރު، ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ހުނަރުވެރި އެކްޓްރެސް މަރްޔަމް ޝިފާގެ ވަރުގަދަ އެކްޓިންއެއް ފެނިގެންދާނެކަން ފަސްޓްލުކުންނާއި ފިލްމުގެ ކެމެރާގެ ފުރަގަހުން ލިބިފައިވާ މަންޒަރުތަކުން ދައްކައެވެ.

ހުނަރުވެރި އެކްޓަރ/ޑައިރެކްޓަރ އަދި ސްކްރީން ރައިޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެފައިވާ ސްކްރީންޕްލޭއެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމަކީ ގިނަ ތަރިންތަކެއް ފެނިގެންދާނެ ތަފާތު މޮޅު ލޯބީގެ ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.

“ހެހެސް”ގެ ފަސްޓްލުކުން ނޭވާ ހިފަހައްޓާލަން ޖެހޭ މަންޒަރުތަކެއް ފެނިގެންދާއިރު، ލޯބީގައި ދީވާނާވެ އިޝްޤްގައި އިން ފަހަނައަޅާފައިވާ ރޯލެއް ޝިފާ ދައްކާފައިވަނީ ވަރަށް ވަރުގަދަކޮށް، އަދި މޮޅަށް ކަން އެނގިގެންދެއެވެ.

[responsive-slider id=36783]

ހުނަރުވެރި ޑައިރެކްޓަރު އަދި އެކްޓަރު ޢަހްމަދު ނިމާލް ޑައިރެކްޓްކޮށްފައިވާ “ހެހެސް” މި އަހަރު މީޑިއާ ނެޓްގެ މަލްޓި ސްކްރީން އެޕް މެދުވެރިކޮށް ބަލައިލުމުގެ ފުރުޞަތު ލިބިގެންދާނެކަން ޝައި ޕްރޮޑަކްޝަން އިން ހާމަކޮށްފައިވެއެވެ.

ފިލްމުގައި އެންމެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި އިބްރާހިމް ޖިހާދު (ޖިމީ) އާއި އިރުފާނާ އިބްރާހިމް (އިރޫ) އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ (ޝިފް) އެވެ. އަދި މުޅިން އަލަށް ތައާރަފްވާ ބައެއް ތަރިންނާއި ފިލްމުތަކުން ފެނިފައިވާ ބައެއް ތަރިންވެސް “ހެހެސް” ގެ އެކި ކެރެކްޓާތަކުން ފެނިގެން ދާނެ އެވެ.

ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނީ ޔޫއްޕެއެވެ. ބ. ގޮއިދޫގެ އިތުރުން މާލެގައި ޝޫޓްކޮށްފައިވާ މި ފިލްމު ކެމެރާކުރީ ގިނަ ފިލްމުތަކެއް ކެމެރާކުރަމުން އަންނަ ތަޖުރިބާކާރު ކެމެރާމަން އިބްރާހީމް މޫސާ (ދަބަ) އެވެ. ފިލްމުގެ މިއުޒިކް ހެދީ ޖަލާލް އެވެ. ބެކް ސްކޯ އައްޔުމަން ޝަރީފް އެވެ. މޭކަޕް ކުރީ އާއިޝަތު އިބްނާ ނާޞިރް އެވެ.

މި ފިލްމަށް ލަވަކިޔައިދީފައިވަނީ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އާއި އޭނާގެ އަންހެނުން އަޝްފާގެ އިތުރުން ޙަސަން ޠޮލާޤް (ތޮލާ)އެވެ. ރިލީޒްކޮށްފައިވާ ފަސްޓް ލުކުން ތޭރަގެ ހިތްގައިމު ލަވައެއް އިވިގެންދެއެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/100453614916550/videos/868217297410099″ poster=”http://www.muniavas.com/wp-content/uploads/2020/03/C3E54AFA-AE6D-4AC4-BA27-44C95240C139-scaled.jpeg”]

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top