ބައިސްކޯފުން ”ލަކީ“ ގެ ނަމުގައި ފަށަން ތައްޔާރުވެފައިވާ ރިއަލިޓީ ޝޯވގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހު 10 އަށް ހަމަވާނެއެވެ. ”ލަކީ“ ކައިރީ ބުނެގެން ނަސީބު ހުރިގޮތެއް ބަލައިލަން މި ފުރުޞަތުގައި ބައިވެރިވެފައި ނުވާނަމަ އަވަހަށް ބައިވެރިވެލާށެވެ.
”ލަކީ“ ވުމަށް ކުރަންޖެހޭ ކަމަކީ ބައިސްކޯފުން އާއްމުކޮށްފައިވާ މި ޝޯގެ ޓީޒާ ޕޯސްޓަށް ލައިކެއް ދިނުމަށް ފަހު، ޝެއާކުރުމެވެ. ޓުވިޓާގައި ނަމަ ރިޓުވީޓް ކުރުމެވެ. އެއަށްފަހު އެމީހަކު ބޭނުންވާ ކޮންމެވެސް އެއްޗެއް ކޮމެންޓްގައި ލިޔެލަންވީ އެވެ. ދެން ކުރަން ޖެހޭ ކަމަކީ އެމީހަކު ބައިވެރިވާ ޕްލެޓްފޯމަކުން ބައިސްކޯފަށް ފޮލޯކޮށްލުމެވެ. ފެން ފޮދެއް ބޮއެލާހައި ފަސޭހަ ކަމެއް ކޮށްލައިގެން ނަސީބުހުރި ގޮތެއް ބަލައިލަން މިއީ ރަނގަޅު ފުރުޞަތެކެވެ.
🗣❤️🔄 LIKE, RETWEET & GET LUCKY!!!
With the trailer of our newest reality show ’LUCKY,‘ here’s your chance to become LUCKY! And you get to decide your gift!
That’s right! You want it? You got it!
To participate:
1. Follow ’@baiskoafu’
2. ❤️ & 🔄 this tweet pic.twitter.com/TxqOu3sYcO— Baiskoafu (@baiskoafu) October 1, 2020
”ލަކީ“ އަކީ އެކި ސީޒަންތަކަށް ބަހާލައިގެން ގެނެސްދޭނެ ޝޯއެކެވެ. މި ޝޯގެ ފުރަތަމަ ސީޒަންގައި 10 އެޕިސޯޑް ގެނެސްދޭނެއެވެ. މި ޝޯ ގެނެސްދޭން ފަށާ ދުވަސް ވަރަށް އަވަހަށް ބައިސްކޯފުން އިއުލާނުކުރާނެ އެވެ.
ބައިސްކޯފުން ބުނީ މި ޝޯވގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ގެ ސަބަބުން އިގްތިޞާދު ދަށްވެ އާންމުންގެ ޖީބުތަކަށް ދަތިވެފައިވާ މި ދުވަސްވަރުގައި ކޮންމެވެސް ގޮތަކުން ބައިސްކޯފުން އާންމުންނަށް އެހީތެރިވެދިނުން ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




